Last Updated: June 12, 16:53
Thursday, June 12, 2025
ޚަބަރު

ޑްރަގް އެތެރެކުރި ބޯޓްގެ ކެޕްޓަން އެކަނި ބަންދުގައި

،މިދިޔަ މާޗް މަހުގެ ތެރޭގައި ރާއްޖެއަށް ކަނޑުމަގުން 7 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ތުހުމަތުގައި އަތުލައިގަތް ބޯޓްގެ ކެޕްޓަން ފިޔަވައި އެންމެން ދޫކޮށްލައިފި އެވެ.

މާޗް މަހުގެ 21 ގައި އަތުލައިތް "މުތާ ޑައިމަންޑް" ބޯޓުން 10 މީހަކު ހައްޔަކުރި އެވެ. އެ ބޯޓުގެ ކެޕްޓަނަކީ އިންޑޮނޭޝިއާ އަށް ނިސްބަތްވާ 30 އަހަރުގެ ނަސްވަން އަދީލެވެ. ބޯޓުން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނުނީ އިންޑޮނީޝިއާގެ ތިން މީހަކާއި އިންޑިއާގެ ހަތް މީހެކެވެ.

ނަމަވެސް ހައްޔަރުކުރި މީހުންގެ ތެރެއިން ބޯތްގެ ކެޕްޓަން ފިޔަވައި އެހެން އެންމެން މިހާރު ވަނީ ދޫކޮށްލައިފަ އެވެ. ކެޕްޓަންގެ ބަންދަށް އެންމެ ފަހުން ޖަހާފައި ވަނީ 30 ދުވަހެވެ.

އޭނަގެ މައްޗަށް ފުލުހުން ކުރަނީ މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރިކަމުގެ ތުހުމަތެވެ.

"މުތާ ޑައިމަންޑް" ބޯޓުގެ އިންޖީނު ރޫމުގެ ވަތެއްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 7 ޝީޓް ތަހުލީލުކުރުމުން އިޑްރޯކެނަބިނޯހަޓެޓްރާލާއި ކެނަބިނޯލްއަށް ޕޮޒިޓިވް ވެފައިވެއެވެ. މި ތަކެތީގެ ޖުމްލަ ބަރުދަނަކީ 6.5 ކިލޯ އެވެ.