Last Updated: June 8, 10:07
Monday, June 8, 2026
ޚަބަރު

ނައިބުގެ "ސަނީ ސައިޑް އޮފް ލައިފް"

ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރަން ބޭނުން ކުރާ ސްލޯގަން "ސަނީ ސައިޑް އޮފް ލައިފް" އާ އެކު ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ސޯޝަލް މީޑިއާގައި ޕޯސްޓްކުރެއްވި ފޮޓޯކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.

އެ ފޮޓޯގައި ފެންނަނީ ދިވެހި ދިދަ ވެސް ޖެހި ރަތް ކުލައިގެ ޓީޝާޓަކާއި ރަތް ކުލައިގެ ތޮތްޕެއް އަޅުއްވައިގެން އެ މަނިކުފާނު މޫދުގައި އުޅުއްވާ ތަނެވެ.

އުމުރުން 42 އަހަރުގެ ނައިބު ރައީސަކީ ކުރިން މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. އެގޮތުން 2014-2023 އަށް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރުކަން ކުރެއްވި އެވެ.