Last Updated: July 3, 11:07
Friday, July 3, 2026
ޚަބަރު

"އަފިރިންގެ އަމާން ސިޓީ" ޚާއްސަ އޮޕަރޭޝަނެއް ހިތަދޫގައި ހިންގައިފި

"އަފިރިންގެ އަމާން ސިޓީ" ނަމުގައި އައްޑޫގައި ފުލުހުން ހިންގަން ފަށާފައިވާ އޮޕަރޭޝަނުގައި އިއްޔެ ވަނީ ހިތަދޫގައި ހާއްސަ އޮޕަރޭޝަނެއް ހިންގާފައެވެ. އެގޮތުން ފުލުހުންނަށް ލިބިފައިވާ މައުލޫމާތުތަކާއި ގުޅިގެން ބައެއް ތަންތަނާއި ވެހިކަލް ތައް ފުލުހުންވަނީ ބަލައި ފާސްކޮށްފައިއެވެ.

އަދި ޝައްކުވާ ބައެއް ފަރާތްތައް ވެސް ވަނީ ޗެކްކޮށްފައިއެވެ. އެގޮތުން އިއްޔެ އަށް މީހަކު ހައްޔަރު ކޮށްފއަިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައިއެވެ.

ފުލުހުން އިއްޔެ ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ މި ހާއްސަ ހަރަކާތާއި ގުޅޭ ވަކި ޓްވީޓް އެކައުންޓެއް ހަދާފައިވާ ކަމަށާއި އެ އެކައުންޓް މެދުވެރިކޮށް އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދެމުންދާނެކަމަށެވެ.