Last Updated: June 12, 15:25
Thursday, June 12, 2025
ޚަބަރު

ލައިބާގެ ކާމިޔާބީ އަށް ރައީސްގެ މަރުހަބާ

'އަރްމޭނިއަން ޔޫތު އޯޕަން" ގައި ވާދަކޮށް ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަޙްމަދު މަޚްލޫފް ހޯދި ކާމިޔާބީ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.

ބެޑްމިންޓަނުން ބޮޑެތި ކާމިޔާބީތަކެއް ހޯދަމުން އަންނަ ލައިބާ އަކީ ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްހެ ދަރިއެކެވެ.

ލައިބާ ވަނީ 'އަރުމޭނިއަން ޔޫތު އޯޕަން" ގައި ވާދަކޮށް 3 ރަން މެޑަލް ހޯދައިފަ އެވެ. މިއީ ބޭރުގެ ބެޑްމިންޓަން މުބާރާތެއްގެ ޖޫނިއާ ކެޓަގަރީން ރާއްޖެއަށް ރަން މެޑަލް ލިބުނު ފުރަތަމަ ފަހަރެވެ. އުމުރުން 12 އަހަރުގެ ލައިބާ ރަން މެޑަލް ހޯދީ 'އަރްމޭނިއަން ޔޫތު އޯޕަން" ގައި ސިންގަލްސް އަދި ޑަބަލްސް އާއި މިކްސްޑް ޑަބަލްސް އިވެންޓުންނެވެ.

ލައިބާގެ އެ ކާމިޔާ އަށް މަރުހަބާ ވިދާޅުވެ ރައީސް ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ލައިބާ ހޯދި ކާމިޔާބަކީ ދިވެހި ޤައުމަށް ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށާއ މިއީ ކުޅިވަރުގައި ރަނގަޅު މުސްތަގުބަލެއް ހޯދަލަން މަސައްކަތްކުރާ ކޮންމެ ކުއްޖަކަށް ނަމޫނާއެއް ކަމަށެވެ.

"އަޅުގަނޑު އެދެނީ ލައިބާ އަށް އިތުރު ކާމިޔާބީ އާއި ރަން ވަނަތަކަށް. އަދި ހިތްވަރާއި ހުނަރުވެރިކަމާއެކު ކުރިއަށް ދިއުމަށް." ރައީސް ވިދާޅުވި އެވެ.

ލައިބާ އަންނަނީ 2022 އިން ފެށިގެން ބޭރުގެ މުބާރާތްތަކުގައި ވާދަކުރަމުންނެވެ. އެގޮތުން ޔޫރަޕްގެ މުބާރާތްތެކެއްގައި ވާދަކޮށް ކުރިން ފަސް ރިހި މެޑެއްޔާއި 15 ލޯ މެޑަލް ހާސިލުކޮށްފައިވެ އެވެ.