ބޮޑު އީދާ ދިމާކޮށް ނ. މަނަދޫ ހިޔަލަ ގްރޫޕުން "އީދު ބޯމަތި ވަނީ" ގެ ނަމުގައި ގެނެސްދިން ވީޑިއޯ ލަވަ ހުއްދަ ނެދި ޓީވީއެމުން ދެއްކި މައްސަލައިގައި ޕީއެސްއެމަަށް ދައުވާ ކުރަން ނިންމައިފި އެވެ.
އެ ލަވަ ދެއްކީ ލިބުނު ހަދިޔާއެއް ކަމަށް ބުނެ ޓީވީއެމްގެ އީދު ޝޯގެ ދަންފަޅިއެއްގެ ތެރޭގަ އެވެ.
ނަމަވެސް ހިޔަލަ އިން ބުނީ ޓީވީއެމުން އެ މީހުންގެ ލަވަ ބްރޯޑްކާސްޓްކުރީ ހުއްދަ ނެތި ކަމަށާއި އެ އަމަލަކީ އެ މީހުންގެ ހައްގަކަށް އަރައިގަތުން ކަމަށެވެ. އެހެންވެ އެކަން ސީރިއަސްކޮށް ނަގައި، ޕީއެސްއެމާ ދެކޮޅަށް ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށް ހިޔަަލަ އިން ބުންޏެވެ.
އާންމުންގެ ވަރަށް ބޮޑު ސަމާލު ކަމެއް ލިބުނު "އީދު ބޯމަތި ވަނީ" އަކީ ދިވެހިވަންތަކޮށް، ވަރަށް ހިތްގައިމުކޮށް ގެނެސްދީފައި ލަވައެކެވެ. ފިލްމީ ތަރިން ކަމަށްވާ މަރިޔަމް ޝިފާއި މުހަައްމަދު އިފްޝާނާ އެކު ގިނަ އަދަދެއްގެ ބަޔަކު ފެންނަ ލަވަ ޝޫޓްކޮށްފަިއ އޮތީ ރ. އަލިފުށީގަ އެވެ.
"އީދު ބޯމަތި ވަނީ" އަކީ އެރާ ރެކޯޑްސް އިން މިއުޒިކް ހަދައި އަބްދުﷲ ޝާހިދު (ޓެޑީ) ގެ ޅެމަށް ހެޔޮވަރުކޮށް، މަރިޔަމް އަޝްފާ ކިޔާފައިވާ ލަވައެކެވެ.