މެލެޝިއާގެ ޔުނިވަސިޓީއެއްގެ ދަރިވަރުންތަކެއް ގޮވައިގެން ދަތުރުކުރި ބަހެއް ހައިވޭއެއްގައި އެކްސިޑެންޓްވެ 15 މީހަކު މަރުވެއްޖެ އެވެ.
މީޑިއާތަކުން ބުނީ ޕެންޑިޑިކަން ސުލްތާން އިދުރީސް ޔުނިވަސިޓީގެ ދަރިވަރުންތަކެއް ގޮވައިން ދަތުރުކުރި ބަސް އީސްޓް-ވެސްޓް ހައިވޭ ސަރަައްދުގައި އެހެން ވެހިކަލަކާ އެކްސިޑެންޓްވީ ރޭ ދަންވަރު 1:10 އެހާކަށްހާ އިރު ކަމަށެވެ. މެލޭޝިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެކްސިޑެންޓްވި ބަސް ދަތުރުކުރީ ޔުނިވަސިޓީގެ މައި ކެމްޕަހަށް ދިއުމަށެވެ.
ބަސް އެހެން ބޮޑު ވެހިކަލެއްގައި ޖެހި އަރިއަޅާލާފައިވާ އިރު، އޭގައި ތިބީ 44 އަހަރު މީހުންނެވެ. އޭގެ ތެރޭގައި 42 ދަރިވަރުން ހިމެނެ އެވެ. ބަސް އެކްސިޑެންޓްވި އަނެއް ވެހިކަލްގައި ހަތަރު މީހެކު ތިއްބެވެ.
މި ހާދިސާއާ ގުޅިގެން ސިވިލް ޑިފެންސް ފޯސް އިން ބުނީ މަރުވި 15 މީހުންގެ ތެރެއިން ދެ ދަރިވަރަކު މަރުވީ ހޮސްޕިޓަ،ލަށް ގެންގޮސް ފަރުވާ ދެނިކޮށް ކަމަށެވެ.
މި ހާދިސާހައި ޖުމްލަ 33 މީހުން ޒަހަމްވި އެވެ. އެެ ތެެއިޖްނ ބައެެއ ްމީހުޖންހެ އަތްބޮދި ބައެެއް މީހިން ފަޔަށް ވެސް އެކި ވަރުެ ޒަހަމްތައް ލިބިފަިއބެ އެވެ.
މި ހާދިސާ މިހާރު ތަހުގީގު ކުރަމުން އަންނަ އިރު، ފުލުހުން ބުނީ މިހާތަނަށް ބެލިބެލިމުން އެކްސިޑެންޓް ހިނގަން މަދުވެރިވީ ބަސް ކޮންޓްރަޮލް ނުވެ، ކުރީގައި އޮތް ވެހިކަލްގެ ފަހަތުގައި ޖެހިގެން ކަމަށް ބެލެވޭ ކަމަށެވެ.