ވަގަށް އެތެރެކުރި ސިނގިރޭޓުތަކާއެކު ހައްޔަރުކުރި ބަންގްލަދޭޝް މީހާ ބަންދަށް އިތުރު 15 ދުވަސް ކްރިމިނަލް ކޯޓުން އިއްޔެ ޖަހައިފި އެވެ.
އަބްދުލްކަރީމް، 45 އަހަރު، ކޯޓުގައި ބުނެފައިވަނީ އެ ސިނގިރޭޓުތަކަކީ އޭނާގެ ރައްޓެއްސަކު ދިން އެއްޗެއް ކަމަށެވެ.
ވިލިމާލެ ފުލުހުން ހިންގި އޮޕަރޭޝަނުގައި، ތިލަފުށި ބޯޓްޔާޑުގައި އޮތް ދޯންޏެއް ބަލައި ފާސްކުރިއިރު ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ، މެންޗެސްޓަ ބްރޭންޑުގެ 32 ކާޓަން ސިނގިރެޓް ފެނިފައިވެ އެވެ.
މިދިޔަ މަހުގެ 21 ވަނަ ދުވަހު އަތުލައިގަތް ސިނގިރެޓްގެ މައްސަލައިގައި އަބްދުލްކަރީމްގެ ބަންދަށް ފުރަތަމަ ޖެހީ 15 ދުވަހެވެ. އޭނަގެ ބަންދަަށް ކޯޓުން އިތުރު 15 ދުވަސް ޖެހީ އިއްޔެ އަށް މުއްދަތު ހަމަވާތީ ބަންދާ މެދު ގޮތެއް ނިންމަން ހާޒިރު ކުރުމުންނެވެ.