ބޮޑު އީދުގެ ހަރަކާތްތަކުގެ ތެރެއިން އައްޑޫގައި މިއުޒިކް ޝޯއެެއް ބާއްވާތީ އެ ސިޓީގެ ޝެއިހަކު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
އިންޑިއާ އިން ވެސް ލަވަކިޔުންތެރިންތަކެއް ގެނެސްގެން މިރޭ ހިތަދޫގައި ބޮޑު މިއުޒިކް ޝޯއެއް ބާއްވަން ތައްޔާރުވަމުން އަންނަ އިރު، ހިތަދު އަށް ނިސްބަތްވާ ޒުވާން ޝެއިހެއް ކަމަށްވާ މިހްސަން މުހައްމަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި މިއަދު ވިދާޅުވީ އައްޑު އާއި ރާއްޖޭގެ އެހެނިހެން ހިސާބުތަކުގަ އަޟުޙާ ޢީދު 1446 ފާހަގަކުރުމުގެ ނަމުގައި ބޭއްވޭ މިއުޒިކު ޝޯތަކަކީ އެތަކެއް މުންކަރާތްތަކެއް އޭގައި އެކުލެވިގެންވާ ދީނީ ގޮތުން އެފަދަ ކަންކަން ރާވާ އިންތިޒާމުކޮށް ބޭއްވުން ހުއްދަވެގެން ނުވާނޭ ކަންކަނެއް ނޫން ކަމަށެވެ.
"މިފަދަ ކަންކަން އިސްލާމީ މުޖުތަޢެއްގައި ފާޅުގައި ބޭއްވުމަކީ ބިރުހުރިކަމެއް. މާތް ﷲ ގެ ހަޟުރަތުން ވަޢީދުގެ ބަސްފުޅު އައިސްފައިވާ ކަމެއް." އޭނަ ވިދާޅުވި އެވެ.
ޝެއިހް ވިދާޅުވީ މިފަދަ މުންކަރާތްތައް ހުއްޓުވުމުގެ ހެޔޮ ތައުފީޤު ކަމާބެހޭ ފަރާތްތަކަށް މާތް ﷲ މިންވަރުކޮށް ދެއްވުން އެދިވަޑައިގަންނަވާ ކަމަށެވެ.
ބޮޑު އީދު ކުލަގަދަކޮށް ފާހަގަކުރަން އައްޑޫ ކައުންސިލުން އިންތިޒާމުކޮށްގެން ހުރިހާ އަވަށްތަކެއްގައި ތަފާތު ގިނަ ކުޅިވަރުތައް ހަރަކާތްތައް ހިންގާފައިވެ އެވެ.