ރައްޔިތުންނަށް ބޭސް ފޯރުކޮށް ދޭން ކުރަމުން އަންނަ މަސައްކަތުިގެ ދަށުން އެސްޓީއޯ އިން މިހާރު 1،000 ބޭހެއް އެތެރެކުރާ ކަމަށް ހެލްތު މިނިސްޓަރު އަބްދު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި އޭނަ ވިދާޅުވީ މިއީ އާސަންދަ ރީފޯމްކޮށް، ހަރުދަނާ ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކުރެވުނު މުހިއްމު މަސައްކަތެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެސްޓީއޯ މެދުވެރިކޮށް ކުރިން އެތެރެކުރަމުން ދިޔައީ ބޭހުގެ 300 ބޭހެއް ނަމަވެސް މިހާރު އެ އަދަދު 1،000 އަށް އިތުރުކޮށްފައިވާ ކަމަށެވެ.
ނާޒިމު ވިދާޅުވީ އާސަންދައިގެ ގާތްގަނޑަކަށް 30-40 ވަރަކަށް ޕަސެންޓް ޚަރަދުކުރަނީ ހަމައެކަނި ބޭސް ދޫކުރުމަށް ކަމަށެވެ. އަދި
ބޭހުގެ މައްސަލައަށް ހައްލު ގެނައުމަށް ސަރުކާރުން ފެށި މަސައްކަތުން ފާހަގަވީ ބައެއް ބޭސްތައް ވަރަށް ބޮޑު ޕްރޮފިޓް މާޖިންއެއްގައި ވިއްކަމުން ދިއުން ކަމަށް ވިދާޅުވި އެވެ. އެހެންވެ އެ މައްސަލަ ހައްލުކުރެވެން އޮތް ގޮތަކީ ބައެއް އެސެންޝިއަލް ބޭސްތަކަށް ކޮންޓްރޯލްކޮށްފައިވާ އަގެއް ކަނޑައެޅުން ކަމަށާއި، އެއީ އެންމެންގެ ފައިދާއަށްޓަކައި ސަރުކާރުން ކުރި ކަމެއްކަ މަށް ވިދާޅުވިއެވެ.
"އޭގެ އަލިމަގު އަޅުގަނޑުމެންނަށް އެބަފެނޭ. ޝަކުވާތައް މަދުވެއްޖެ. ރާއްޖެއަށް ސަރުކާރުގެ ނިޒާމުގެ ތެރެއިން ބޭސް އެެތެރެކުރަން މި އޮންނަ އެސްޓީއޯގެ ސަޕްލައި އިތުރުވެެއްޖެ،" މިނިސްޓަރު ވިދާޅުވި އެވެ. "މިހާރު އެސްޓީއޯއިން އެކަނި އެއްހާހަށް ވުރެ ގިނަ ބޭސް އެސްޓީއޯ ފާމަސީތަކުން އެބަ ލިބޭ. އަޅުގަނޑުމެން މި މަސައްކަތް ފެށިއިރު 200 ނޫނީ 300 ބޭހެއް އެސްޓީއޯއިން ރަޖިސްޓްރީކޮށްގެން ގެންނަނީ. މި މަސައްކަތާއެކު ސަރުކާރުން އެޅުއްވި ފިޔަވަޅާއެކު ހާހަކަށް ވުރެ ގިނަ ބޭސް އެސްޓީއޯއިން މިހާރުވެސް އެތެރެކޮށްފަ އެބަހުރި."
އިތުރު ބޭސްތަކަށް ބަލާއިރު، އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހުރި ބޭހުގެ ތެރެއިން 1،400 ބޭސް ގެނައުމަށް އަމާޒުކޮށްގެން އެ ބޭސްތައް އެތެރެކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނސްޓަރު ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ ބޭހުގެ މައްސަލަ ހައްލުކުރުމަށް މިނިސްޓްރީން އެސްޓީއޯއާއެކު މަސައްކަތް ކުރަނީ ރާއްޖޭގައި ބޮޑެތި ހޮސްޕިޓަލްތަކާއި ގުޅުންހުރި އިދާރާތަކުގެ އިތުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާ ގުޅިގެން ކަމަށެވެ