މެންބަރުންގެ އަމިއްލަ މަސްލަހަތު ފުށުއަރާ ކަމަށް ބުނެ އެމެރިކާގެ ވެކްސިން ކޮމިޓީ އުވާލައިފި އެވެ.
އެކަން ހާމަކުރައްވައި ވޯލް ސްޓްރީޓް ޖާނަލްެ އެޑިޓޯރިއަލްގައި ހެލްތު ސެކްޓެރަކީ ރޮބަޓް އެފް ކެނެޑީ ޖޫނިއާ މިއަދު ވިދާޅުވީ އެޑްވައިރަޒީ ކޮމިޓީ އޮން އިމިއުނިޒޭޝަން (އެސިޕް) އެއްކޮށް އުވައިލީ ކޮމިޓީގެ މެންބަރުންގެ ޒިންމާތަކާއި އަމިއްލަ މަސްލަހަތު ފުށުއަރާތީ ކަމަށެވެ. އެގޮތުން 17 މެންބަރުން ހިމެނޭ ކޮމިޓީ އުވައިލީ ވެކްސިން ނިޒާމަށް އޮތް އިތުބާރު ދަމަހައްޓައި، އެ ކޮމިޓީެ މަސައްކަތް މިހާރަށް ވުރެ ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށްޓަކައި ކަމަށް ވިދާޅުވި އެވެ
ވެކްސިން ކޮމިޓީ އުވައިލި އިރު އެ ކޮމިޓީގައި ހިމެނޭ މެންބަރުންގެ ތެރެއިން 8 މެންބަރުންނަކީ ކުރީގެ ރައީސް ޖޯ ބައިޑެންގެ ވެރިކަމުގެ އެންމެ ފަހު ދުވަހު އައްޔަންކުރި ބޭފުޅުން ކަމަށް ކެނެޑީ އެވެ.
ވެކްސިން ކޮމިޓީގައި ހިމެނިގަންނަވާ ބޭފުޅުންނަކީ ޑޮކްޓަރުންނާއި ވެކްސިން ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.
ކެނެޑީ ވިދާޅުވި ގޮތުގައި ކޮމިޓީ އުވައިލަން މަޖުބޫރުވީ އެ ކޮމިޓީ އަށް އޮތް އިތުބާރު ކުޑަވުމާ އެކު، ރައްޔިތުންނަށް ރައްކާތެރި ވެކްސިން ފޯރުކޮށް ނުދެވިދާނެ ކަންބޮޑުވުންތަކާ ގުޅިގެން ކަމަށެވެ. އޭނަ ވިދާޅުވި ގޮތުގައި ކޮމިޓީގެ ތިއްބެވި މެންބަރުންގެ ތެރެއިން ގިނަ މެންބަރުންނަކީ ވެކްސިން އުފައްދައި މާކެޓް ވެސް ކުރާ ކުންފުނިތަކުން ފަންޑް ލިބޭ ބައެއް ކަމަށެވެ.
އެހެންވެ އޭގެ ސަބަބުން ރައްކާތެރި ނޫން ވެކްސިން ރައްޔިތުންނާ ހަމައަށް އައުމުގެ ބިރު އޮތް ކަމަށް ވިދާޅުވި އެވެ.
"މިފަދަ ކަންތައްތަކެއް ހުރުމާ އެކު މި ކޮމިޓީ ފާހަގަ ކުރެވުނީ ހަމައެކަނި ރަބަރު ތައްގަނޑު ޖަހާ ކޮމިޓީއެެއްގެ ގޮތުގައި." ކެނެޑީ ވިދާޅުވި އެވެ.
ނަމަވެސް އާ ކޮމިޓީ އެކުލަވައިލާނެ އިރެއް އޭނަ ވިދާޅުވި އެވެ. އެކަމަކު ކޮމިޓީގެ ބައްދަލުވެއް މި މަހުގެ 25 އަށް އޮތީ ތާވަލުކޮށްފަ އެވެ. އޭގައި ކޮވިޑާއި ރޯނގާތަކާއި މެނިންގޮކޯކަލް އާއި އާރްއެސްވީ އާއި އެ ނޫން ވެސް ބައެއް ބަލިތަކާ ގުޅޭ ވެކްސިން ރިކޮމޭންޑޭޝަންތަކެއް ވޯޓަކަށް ދާން އޮތީ ނިންމައިފަ އެވެ.