ފުޑް އެންޑް އެގްރިކަލްޗަ އޯގަނައިޒޭޝަން އޮފް ދަ ޔުނައިޓެޑް ނޭޝަންސް (އެފްއޭއޯ) ގެ އޮފީހެއް ރާއްޖޭގައި ގާއިމުކޮށް މަސްވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްގީ ކުރުމަށް އެހީތެރިކަން ހޯދުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާ ކުރިއަށް ގެންދިޔައީ ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމު އޯޝަން ކޮންފަރެންސަށް ފްރާނަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ހަވާސާގެ ތެރެއިންނެވެ. އެގޮތުން އެފްއޭއޯގެ ޑިރެކްޓާ ޖެނެރަލް ކޫ ޑޮންގްޔޫއާ އެކި ބޭއްވި ބައްދަލުވުމުގައި އޭނަ ވަނީ އެފްއޭއޯގެ އޮފީހެއް ރާއްޖޭގައި ގާއިމުކޮށް ދެއްވާނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
ބައްދަލުވުމުގައި ޝިޔާމް ވަނީ އެފްއޭއޯ އިން ރާއްޖެ އަށް ވަމުން އަންނަ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު ވެސް އަދާކުރައްވައިފަ އެވެ. އެގޮތުން އެފްއޭއޯގެ އެހީތެރިކަމާ އެކު ރާއްޖޭގައި ފެށި އެންކާޑް އެފްއޭޑީސް މަޝްރޫއު ހިންގުމަށް އެ ޖަމިއްޔާ އިިން ދިން އެހީތެރިކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ އެކުގައި، ގުޅިގެން މަސައްކަތް ކުރެވެންހުރި ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވައި ކަނޑުގެ ފުރިހަމަ ގާނޫނެއް އެކުލަވާލުމަށް އެހީތެރިވުމާއި، މެރިކަލްޗަރަށް އިންވެސްޓްކުރުން ފުޅާކުރުމާއި ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވައިފަ އެވެ.