ދިރޭތަކެތީގެ ނަސްލުތަކާ ބެހޭ އދ. ގެ އެއްބަސްވުމުގައި ރާއްޖެ އިން ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމެވެ.
ރާއްޖެ ހިމެނެނީ މި އެއްބަސްވުމުގައި ސޮއިކުރި ފުރަތަމަ ގައުމުތަކުގެ ތެރޭގަ އެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުން ރާއްޖެ އަކީ ކަނޑުގެ ތިމާވެށި ރައްކާތެރި ކުރުމަށް މަސައްކަތްކުރާ ގައުމެއްގެ ގޮތުގައި ބައިނަލްއަގުވާމީ މުޖުތަމަޢުގައި ފާހަގަކުރެވިގެން ދާނެ އެވެ.
At #UNOC3, Minister @Thoriqibrahim spoke at the side event “Celebrating High Seas Action” co-hosted by the Maldives.
Minister highlighted the strides that Maldives has made since becoming one of the first countries to ratify the BBNJ Agreement. Minister also reaffirmed the… pic.twitter.com/XHAtopoBSI— Ministry of Tourism and Environment (@MoTmv) June 9, 2025
އދ. ގެ 'ލޯ އޮފް ދަ ސީ އޮން ދަ ކޮންސަވޭޝަން އެންޑް ސަސްޓެއިނެބަލް ޔޫޒް އޮފް މެރިން ބައިލޮޖިކަލް ޑައިވާސިޓީ އޮފް އޭރިއާސް ބިޔޮންޑް ނެޝަނަލް ޖުރިސްޓިކްޝަން" ގެ ދަށުން މި އެއްބަސްވުން އެކުލަވާލާފައިވަނީ ޖޫން 19، 2023 ގަ އެވެ.
މި އެއްބަސްވުމަކީ އެކުވެރި ދައުލަތްތަކުގެ ކަނޑުގެ ގާނޫނާ ބެހޭ މުޢާހަދާގެ ދަށުން ތަންފީޒު ކުރެވޭ ތިންވަނަ އެއްބަސްވުމެވެ.