މެލޭޝިއާގައި އިއްޔެ އަވަހާރަވި ރާއްޖޭގެ ދީނީ އިލްމުވެރިޔާ ޝެއިހް އިބްރާހީމް ފަރީދުގެ މައްޗަށް ރާއްޖޭގައީ ޢައިބަށް ކަށުނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީލު އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި އޭނަ މިއަދު ވިދާޅުވީ ފަރީދުގެ ޖަނާޒާގެ ކަންކަން މެލޭޝިޔާގައި ކުރިއަށް ގެންދަވަން އާއިލާއިން ނިންމަވާފައިވާތީވ ރާއްޖޭގައި ޣައިބަށް ކަށު ނަމާދު ކުރުމާމެ ދު ވަރަށް ގިނަ ފަރާތްތަކުން އެދެމުން އަންނަ ކަމަށެޗެ.
އެހެންވެ އަންނަ ހުކުރު ދުވަހުގެ ކުރިން މެލޭޝިޔާގައި ފަރީފު ވަޅުލައިފި ނަމަ، ހުކުރު ދުވަހު ހުކުރު ނަމާދަށް ފަހު، ރާއްޖޭގެ ހުކުރު ކުރާ ހުރިހައި މިސްކިތެއްގައި ފަރީދުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރަށް މިނިސްޓްރީން ނިންމާފައިވާ ކަމަށް ޝަހީމު ވިދާޅުވި އެވެ.
އަދި ޖަނާޒާގެ ކަންކަން ދާނެ ގޮތް އިއުލާން ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ފަރީދު އަވަހަރާވީ އިއްޔެ މެލޭޝިއާ އަށް ވަޑައިގަތްތަނާ ކުއްލި ގޮތަކަށް އެެއާޕޯޓްގަ އެވެ. އޭނަގެ ޖަނާޒާ ބާއްވާނެ އިރެއް އާއިލާ އިން އަދި ހާމައެއް ނުކުރެ އެވެ.