Last Updated: July 24, 20:27
Friday, July 24, 2026
ޚަބަރު

ސީޕީގެ މަގާމަށް ނަވީން އައްޔަންކޮށްފި

އެކްޓިން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އިސްމާއީލް ނަވީން ކޮމިޝަނަރުގެ މަގާމަށް މިއަދު އައްޔަންކޮށްފި އެވެ.

އެ މަގާމު ހުސްވީ އެންމެ ފަހުން ސީޕީގެ މަގާމުގައި ހުންނެވި އަލީ ޝުޖާއު މިދިޔަ އޭޕްރީލް 26 ގައި އިސްތިއުފާ ދެއްވުމުންނެވެ.

ސީޕީގެ މަގާމަށް ކުރިމަތިލާން ހުޅުވައިލުމުން ކުރިމަތިލެއްވީ ނަވީން އާއިޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީގެ އިތުރުން ސައުތު ޕޮލިސް ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝަމީމެވެ.