Last Updated: June 12, 20:35
Friday, June 13, 2025
ދުނިޔެ

ޒުވާނެއްގެ ފަޓްލޫނު ބޭލި އަންހެނަކު ޖޫރިމަނާކޮށްފި!

އެކީގައި މަސައްކަތްކުރާ ޒުވާން ފިރިހެނެއްގެ ފަޓްލޫނާ އެކު އަޑިން ލައިން އިން އެއްޗެހި ބޭލި މައްސަލައަކާ ގުޅިގެން ދެކުނު ކޮރެއާގެ ދުވަސްވީ އަންހެނަކު 2.8 މިލިއަން ވޮން 2،100 ޑޮލަރު) އިން ޖޫރިމަނާކޮށްފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިދިޔަ ހަރުގެ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ގަންގްވަންގެ ރެސްޓޯރަންޓެއްގައި ހިނގި އެ ހާދިސާއާ ގުޅިގެން ޗަންޗިއަން ޑިސްޓްރިކް ކޯޓުން މިދިޔަ ހޮނިހިރު ދުވަހު ޖޫރޮމަނާކޮށްފައި ވަނީ 50 އަހަރުން މަތީގެ މީހެކެވެ. ރެސްޓޯރަންޓްގެ ބަދިގެ ތެރޭހައި އަންހެން މީހާ ވަނީ އެހެން މުވައްޒަފުންތަކެއްގެ ކުރިމަތީގައި އުމުރުން 20 އަހަރުގެ ޒުވާނާ ލައިގެން އިން ފަޓްނޫލުގައި ހިފައި ދަމައިގަނެ ފަޓްލޫނާނާ އެކު އޭނަ އަޑިން ލައިގެން އިން އެތި ވެސް ބާލާފައި ކަމަށް ޖޫރިމަނާގެ އަމުރުގައިވެ އެވެ.

އަދި އެ އަންހެންގެ އެ އަމަލަކީ ޖިންސީ ފުރައްސާރަކޮށް، ލަދު ގަންނުވާލައި ބުލީގެ އަމަލެއް ކަމަށާއި އެހެންވެ އޭނަ 8 ގަޑިއިރުގެ ޖިންސީ ފުރާއްސަރަ އަށް ހޭލުންތެރިވުމުގެ ސެޝަންތަކެއް ވެސް ނަގަން އަމުރުކޮށްފައިވެ އެވެ.

އަންހެން މީހާ ބުނެފައި ބުނީ ޒުވާނާގެ ފަޓްލޫނު ބޭލީ މަޖަލަށް ކަމަށާއި އެއީ ޖިންސީ ފުރައްސާރައިގެ އެއްވެސް ނިޔަތެއް އޮވެެގެން ކުރި މަމެއް ނޫން ކަމަށެވެ. އަދި އެ މައްސަލަ ކޯޓަށް ގެންދިއުމުން ޒުވާނާ އާއި އޭނަގެ އާއިލާގެ ފަރާތުން އަންހެން މީހާ މައާފަށް ވެސް އެދިފައިވެ އެވެ.