މެލޭޝިއާގައި ކުއްލި ގޮތަކަށް އަވަހާރަވި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް ފަރީދުގެ ޖަނާޒާ މިއަދު މެލޭޝިއާގައި ބާއްވަން ނިންމައިފި އެވެ.
އޭނަގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ މެންދުރު ނަމާދަށް ފަހު އެވެ. އާއިލާ އިން ވަނީ ފަރީދުގައި މެލޭޝީއާގައި ތިބި ވީހާ ވެސް ގިނަ ދިވެހިން ބައިވެރިވާން ވެސް އެދިފަ އެވެ. ފަރީދަށް ހާޓްއެޓޭކެއް ޖެހިވަޑައިގެން ކުއްލި ގޮތަކަށް އަވަހާރަވީ މިދިޔަ ހޯމަ ދުވަހު މެލޭޝިއާ އަށް ވަޑައިގަތްތަނާ އެއާޕޯޓްގަ އެވެ.
އޭނަ އެ ގައުމަށް ވަޑައިގެންނެވީ ދީނީ ދަރުހަކަށެވެ. ފަރީދަކި އިސްލާމް ދީނަށް ހޭލުންތެރިކަން އުފެއްދުދުމާއި އިސްލާމީ ދައުވަތު ދެއްވުމުގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ.
ފަރީދުގެ ޖަނާޒާ މިއަދު ބާއްވަން ނިންމި އިރު، އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމު އަލީ ސައީދު އިއްޔެ ވިދާޅުވެފައި ވަނީ އަންނަ ހުކުރު ދުވަހުގެ ކުރިން މެލޭޝިޔާގައި ފަރީދު ވަޅުލައިފި ނަމަ، ހުކުރު ދުވަހު ހުކުރު ނަމާދަށް ފަހު، ރާއްޖޭގެ ހުކުރުކުރާ ހުރިހާ މިސްކިތެއްގައި ފަރީދުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރަށް ނިންމާފައިވާ ކަމަށެވެ.