ރާއްޖެ އެތެރެކުރި 18 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން ބުނީ އެ ތަކެތި އަތުލައިގަތީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިންޑިއާގެ ބެންގަލޫރުން ރާއްޖެ އައި ފްލައިޓަ،ކުން ކަމަށާއި އެތަކެތި އެތެރެކުރީ ޕްލާސްޓިކް ގަސް ޕޮޓްތަކެއްގަ ފޮރުވައިގެން ކަމަށެވެ. އެގޮތުން 33 ޕެކެޓެއް ޕޮޓްތަކުގައި ފޮރުވާފައިވެ އެވެ. އެ ތަކެތި ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިނޮއިޑް އޮއިލް އަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
މި ތަކެތީގެ އަގު 26 މިލިއަން ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
މިކަމާ ގުޅިގެން ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވަނީ ރާއްޖޭގެ ބޯޑަރު ފުރިހަމަ އަށް ބެލެހެޓުމަށް ކަސްޓަމްސްގެ މުވައްޒަފުން ކުރަމުން އަންނަ އަގުހުރި ބުރަ މަސައްކަތަށް ޝުކުރު ވެސް އަދާކުރައްވައިފަ އެވެ.