ހިއުމަން ރައިޓްސް ކޮމިޝަންގެ ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓަށް ލޯގޯއެއް ފަރުމާ ކުރަން އާންމުކޮށް ހުޅުވާލައިފި އެވެ.
އެ ކޮމިޝަނުން ބުނީ ލޯގޯ ފަރުމާކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ލޯގޯ ހުށަހެޅުމުގެ ފުރުސަަތު މި މަހުގެ 15 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
ހުށަހަޅާ ލޯގޯގެ ތެރެއިން ހޮވޭ ލޯގޯއަކަށް އިނާމެއްގެ ގޮތުގައި 8،000ރ. ލިބޭނެ އެވެ.
އެޗްއާރްސީއެމުން ބުނީ އެ ކޮމިޝަންގެ ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓަކީ ތެދުވެރިކަމާއި ހާމަކަން ބޮޑު ގޮތެއްގައި ނުރަނގަޅު ކަންކަމާ ދެކޮޅަށް އަޑުއުފުލާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭ މިނިވަން ޔުނިޓެއް ކަމަށެވެ. އެހެންވެ ހުށަހަޅާތައް ލޯގޯތަކުން އެކަން ރަމްޒުކޮށް ދޭން ވާނެ ކަމަށް ކޮމިޝަނުން ބުންޏެވެ.
ލޯގޯ އަށް ފަރުމާ ކުރަން އެޗްއާރްސީއެމުން ހުޅުވައިލި އިރު، މި މަހު ފާހަގަކުރާ ދުނިޔޭގެ ވިޒްލްބްލޯވާ ޑޭ ފާހަގަކުރުމުގެ ގޮތުން ކުރެހުމުގެ މައުރަޒަކަށް ވެސް ކޮމިޝަނުން އޮޓީ ހުޅުވާލައިފަ އެވެ.
މި މައުރަޒު އޮންނާނީ މި މަހުގެ 23 ގައި މާލޭގެ އާޓް ގެލަރީގަ އެވެ. އެހެންވެ މައުރަޒަށް ކުރެހުން ހުށަހެޅުމުގެ ފުރުޞަތު މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އާ ހަމައަށް އޮތީ ހުޅުވާލައިފަ އެވެ.