ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މަޖިލީހުގެ މިއަދުހެ ޖަލްސާގައި އެ ދެ ބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފާސްކުރީ ވޯޓް ދެއްވި މެންބަރުންގެ އިއްތިފާގުންނެވެ. އެގޮތުން ހަމީދަށް ރުހުން ލިބުނީ 60 ވޯޓުންނެވެ. ސަލީމަށް ރުހުން ލިބުނީ 61 ވޯޓުންނެވެ.
އެ ބޭފުޅުން ފަނޑިޔާރުންގެ މަގާމަށް އައްޔަން ކުރަން މިއަދު ފާސްކުރި އިރު، ނަންތައް ދިރާސާކުރުމަށް ފަހު ޖުޑީޝަރީ ކޮމިޓީން ދެ ބޭފުޅުންނަށް ވެސް ރުހުން ދޭން ފާސްކޮށްފައިވެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައި ކޯޓުގެ ފަނޑިޔާރު މުޙައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަބްދުﷲ ހަމީދު އައްޔަން ކުރެއްވުމަށް މަޖިލީހަށް ރައީސް ޑރ. މުހައްމަދު ނަންތައް ފޮނުއްވެވީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު ބޭއްވި ޖަލްސާއަށެވެ.
ސުޕްރީމް ކޯޓަށް އާ ދެ ފަނޑޔާރަކު އައްތަން ކުރަން ނިންމީ ކުރިން ފަނޑިޔާރުގައި ތިއްބެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް ޢަލީ ޒާހިރު މިދިޔަ މަހުގެ 14 ގައި މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.
ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވައިލުމުން 12 ބޭފުޅަކު ކުރިމަތިލެއްވި އެވެ.