މިދިޔަ ހޯމަ ދުވަހު މެލޭޝިއާގައި އަވާހަރަވި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އިބްރާހީމް ފަރީދުގެ ހަނދާނުގައި ހަދަން ނިންމި މިސްކިތަށް ބޭނުންވާ ފައިސާ މިހާރު ހަމަވެފައިވާ ކަމަށް އެކަން ކުރިއަށް ގެންދަން ނިންމި ހިދުމަތް ޖަމިއްޔާ އިން ބުނެފި އެެވެ.
ފަރީދުގެ ހަނދާނުގައި މިސްކިތެއް ބިނާ ކުރަން ނިންމައި، އެކަމަށް މާލީ ގޮތުން އެހީވާން ބޭނުންވާ ފަރާތްތަކަށް ހިދުމަތް ޖަމިއްުޔާ އިން ހުޅުވައިލީ ރޭ އިރާކޮޅު އެވެ. އެކަމާ ގުޅޭ ގޮތުން ޖަމިއްޔާ އިން ބިނާކުރަން ނިންމީ 455 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށާއި އެކަމަށް ހަރަދު ވާނެ ކަމަށް އަންދާޒާ ކުރަނީ 760،000ރ. ކަމަށެވެ.
އެކަމަށް ހުޅުވައިލިތާ 24 ގަޑިއިރު ވެސް ނުވަނީސް އެ އަދަދު ލިބިފައިވާ ކަމަށް ހިދުމަތް ޖަމިއްޔާ އިން ބުންޏެވެ.
އެ ޖަމިއްޔާ އަކީ މީގެ ކުރިން ވެސް ދިވެހިންހެ އެހީއާ އެކު ބަންގްލަދޭޝް އާއި އެހެން ބައެއް ގައުމުތަކުގައި ވެސް މިސްކިތްތަކެއް ބިނާކޮށް ދީފައިވާ ޖަމިއްޔާއެކެވެ.
ޝެއިހް ފަރީދު ހޯމަ ދުވަހު ކުއްލި ގޮތަކަށް މެލޭޝިއާގައި އަވަހާރަވީ ހާޓްއެޓޭކެއް ޖެހިވަޑައިގެންނެވެ. އެވެ. އަވާހަރަވީ ދީނީ ދައުވަތު ޕްރޮގްރާމަކަށް އެ ގައުމަަށް ވަޑައިގެންނެވިތަނާ އެއާޕޯޓްގަ އެވެ.
ފަރީދުގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށް ފަހު މެލޭޝިއާގައި ވަނީ ބާއްވައިފަ އެވެ.