Last Updated: June 13, 18:07
Friday, June 13, 2025
ޚަބަރު

މަސްދަޅުތަކެއް ވަގަށް ނެގި ދުވަސްވީ މީހަކު ހައްޔަރުކޮށްފި

މާލޭގެ ފިހާރައަކުން ތެޔޮ މަސްދަޅުތަކެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި އެވެ.

ސޯޅަ މަސް ދަޅު ވަގަށް ނެގި މައްސަލައިގައި ހައްޔަރުކުރީ ގދ. ގައްދޫ، އަބްދުﷲ ސަމީރު، 59، އެވެ. ފުލުހުން އޭނަ ހައްޔަރުކުރީ މަސްދަޅުތައް ވަގަށް ނެގި ފިހާރަ ތެރޭގައި ހިފަހައްޓައި އެތަނުން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެންނެވެ.

އެ މައްސަލައިގައި ސަމީރުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ.

އޭނަ އަކީ މީގެ ކުރިން ވެސް ކުށުގެ ތުހުމަތުގައި 26 ފަހަރު ހައްޔަރުކޮށް، 16 ފަހަރު ބަންދުކުރި މީހެކެވެ. ސަމީރުގެ ގިނައީ ވައްކަމުގެ ރެކޯޑެވެ.