Last Updated: June 13, 18:07
Friday, June 13, 2025
ޚަބަރު

ތުލުސްދޫ ހޮސްޕިޓަލް އަޅަން ބިން ސާފު ކުރަނީ

ކ. ތުލުސްދޫގައި ހޮސްޕިޓަލް އަޅަން ނިންމާފައިވާ ބިން ސާފުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެ މަޝްރޫއު މި ސަރުކާރުން ހަވާލުކުރި އެމްޓީސީސީން މިއަދު ބުނީ ބިން ސާފުކޮށް، ހޮސްޕިޓަލް އިމާރާތް ކުރުމުގެ ކުރިން ވާން ޖެހޭ ތައްޔާރީތައް މިހާރު ކުރިއަށްދާ ކަމަށެވެ.

ތުލުސްދޫގައި އިމާރާތްކުރާ 30 އެނދުގެ ހޮސްޕިޓަލަކީ 101.71 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކުވައިތު ފަންޑުގެ އެހީގެ ދަށުން އިމާރާތް ކުރަން ހަމަޖެހިފައިވާ މި ހޮސްޕިޓަލަކީ ކުރީގެ ސަރުކާރުން މެއި 15، 2023 ގައި އަމިއްލަ ކުންފުންޏަކާ ހަވާލުކުރި މަޝްރޫއެކެކެވެ.

އޭރު ތުލުސްދޫގެ އިތުރުން ހދ. ހަނިމާދޫ، ށ. މިލަންދޫ، ނ. ވެލިދޫ، އދ. މާމިގިލި، ވ.ފެލިދޫ އަދި ތ. ވިލުފުށީގެ ހޮސްޕިޓަލްތައް ހަދަން ހަވާލުކުރީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ޑްޕްލެކްސް ޕްރައިވެޓް ލިމިޓެޑާއި އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އާނަންދު ބިލްޑް ޓެކް ޕްރައިވެޓް ލިިމިޓެޑާ އެވެ.