Last Updated: June 13, 18:07
Friday, June 13, 2025
ޚަބަރު

އިންވެސްޓްމަންޓް ސްކޭމްތަކަށް ސަމާލުވާން އެދިއްޖެ

އިންވެސްޓްމަންޓް ސްކޭމްތަކަށް ސަމާލުވުމަށް އެންޓި-ސްކޭމް ސެންޓަރުން އެދިއްޖެ އެވެ.

އެ ސެންޓަރުން ދާދި ފަހުން ވަނީ ޓެލެގްރާމް މެދުވެރިކޮށް ސްކޭމަރުން އަންނަނީ ޔޫޒަރުންގެ އެކައުންޓްތައް ކޮމްޕްރޮމައިޒްކުރުމަށްޓަކައި މަސައްކަތް ކުރަމުންދާކަން ފާހަގަ ވެސް ކޮށްފަ އެވެ.

އިންވެސްޓްމަންޓް ސްކޭމްތަކަށް ސަމާލުވުމަށް އެދި އެންޓި ސްކޭމް ސެންޓަރުން ވަނީ މިފަދަ ސްކޭމްތަކުގައި ހިމެނެނީ އާދަޔާޚިލާފް ބޮޑެތި ފައިދާ ލިބޭނެ ކަމަށް ބުނެ ހިންގާ އަސްލެއް ނެތް ސްކީމްތަކެއްކަން ފާހަގަކޮށްފަ އެވެ. އަދި ހަމައެކަނި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ ސީއެމްޑގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކާއެކު މުޢާމަލާތް ކުރުމަށާއި އިންވެސްޓްމަންޓް ޕްލެޓް ފޯމްތައް ވެރިފައި ކުރުމަށްވެސް އެންޓި ސްކޭމް ސެންޓަރުން އިލްތިމާސްކޮށްފައިވެ އވެ.

އެ ސެންޓަރުން ވަނީ މިފަދަ މުހިންމު މައުލޫމާތު އެހެން ފަރާތްތަކާވެ ސް ހިއްސާކޮށް އާއިލާ އާއި ރަހުމަތްތެރިން ސްކޭމްތަކުން ސަލާމަތް ކުރުމަށް އެހީތެރިވުމަށް ގޮވާލައިފަ އެވެ.

ސްކޭމްގެ ޝިކާރައަކަށްވެއްޖެ ނަމަ އަޅަންޖެހޭ ފިޔަވަޅުތަކުގެ ތެރޭގައި:

1. ވަގުތުން އީމެއިލް އަދި ގުޅުންހުރި އެކައުންޓްތަކުގެ ޕާސްވޯޑު ބަދަލުކުރުން
2. ޝައްކުކުރެވޭ ކަންތައްތައް ބޭންކް ނުވަތަ ކާޑު ދޫކުރި ފަރާތަށް ރިޕޯޓުކޮށް ބްލޮކްކުރުން
3. އެންމެހައި މުއާމަލާތުގެ ތަފްސީލާއެކު އެ އެޕްލިކޭޝަނަށް ނުވަތަ ޕްލެޓްފޯމަށް ރިޕޯޓުކުރުން
4. ފުލުހުންނާއި ކަމާބެހޭ އިދާރާތަކަށް ރިޕޯޓުކުރުން
5. އެހެން މީހުން ސަމާލުކުރުވުމަށް ތަޖުރިބާ ހިއްސާކުރުން

އޮންލައިންކޮށް ވިޔަފާރިކުރާ އިރު ރައްކާތެރިވުމުގެ ގޮތުން ވަކި އީމެއިލް އެޑްރެހެއް ބޭނުން ކުރުމާއި ކްރެޑިޓް ކާޑު ނުވަތަ ވާރޗުއަލް ކާޑު ފަދަ ރައްކާތެރި ފައިސާ ދެއްކުމުގެ ގޮތްތައް ބޭނުންކުރުން އަދި އެޕްލިކޭޝަންތައް ޑައުންލް ޑުކުރަނީ ހަމައެކަނި ރަސްމީ ތަންތަނުން (ގޫގުލް ޕްލޭ ސްޓޯރ ނުވަތަ އެޕަލް އެޕް ސްޓޯ) ކަން ކަށަވަރުކުރުމުގެ އިތުރުން އިތުރު ރައްކާތެރިކަމަށް އެންޓި-ފިޝިން ސޮފްޓްވެއާ ބޭނުންކުރުމަކީ އެޅިދާނެ ފިޔަވަޅުތަކެއް ކަމަށް އެންޓި-ސްކޭމް ސެންޓަރުން ބުންޏެވެ.