Last Updated: June 10, 18:05
Wednesday, June 10, 2026
މުނިފޫހިފިލުވުން

ސޮނާކްޝީގެ ބިރުވެރި ފިލްމުގެ ޓްރެއިލާ ދައްކާލައިފި

ސޮނާކްޝީ ސިންހާގެ ބިރުވެރި ފލްމު "ނިކިތާ ރޯއި" ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.

މި މަހުގެ 27 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައި އޮތް މި ފިލްމަކީ އޭނަގެ ބޭބެ ކުޝް ސިންހާގެ އަލަތު ޑައިރެކްޝަނެވެ. "ނިކިތާ ރޯއި" ޕްރޮޑިއުސްކޮށްފައި ވަނީ ނިކީ ވިކީ ބަގްނާނީ ފިލްމްސް އިންނެވެ.

މީގެ ކާސްޓްގައި އަރުޖުން ރާމްޕަލާއި ޕަރޭޝް ރާވަލް އަދި ސުހައިލް ނައްޔަރް ހިމެނެ އެވެ.

ސޮނާކްޝީގެ އެންމެ ފަހުގެ ފިލްމަކީ ޒީ5 އިން މިދިޔަ އަހަރުގެ މާޗްގައި ގެނެސްދިން ކޮމެޑީ ހޮރޯ "ކަކުޑާ" އެވެ.