Last Updated: July 26, 10:40
Sunday, July 26, 2026
ޚަބަރު

ދިވެހި ހައްޖާޖީން އަންނަން ފަށާނީ ހުކުރު ދުވަހު

ރާއްޖެ އިން މި އަހަރު ހައްޖަށް ދިޔަ މީހުން އަންނަ ހުކުރު ދުވަހުން ފެށިގެން އަންނަން ފަށާނެ ކަމަށް އިސްލާމިކް މިނިސޓްރީން ބުނެފި އެވެ.

މިނިސްޓްރީން ބުނީ ހައްޖާޖީން ރާއްޖެ އިން ހަތަރު ދުވަސްމަތިން ސައޫދި އަރަބިއްޔާ އަށް ފުރި ގޮތަށް އެ ގައުމުން އެނބުރި އަންނާނީ ވެސް ހަތަރު ދުވަސްމަތިންނެވެ.

އެއީ މި މަހުގެ 13، 14، 16 އަދި 17 ގަ އެވެ.

ހައްޖުވެރިން އެނބުރި މާލެ އަންނަ އިރު މަރުހަބާ ކިޔަން ވީހާ ވެސް މަދު މީހުން އެއާޕޯޓަށް މީހުން ދިއުމަށާއި ހައްޖުން އައިސް އެއްވުންތަކަށް ނުގޮސް މަޑުކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފައިވެ އެވެ.

ރާއްޖެ އިން މި އަހަރު 1،000 މީހުން ހައްޖަށް ދިޔަ އެވެ.