ހޯމަ ދުވަހު އަވަހާރަވި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް ފަރީދުގެ އަޑުން ރެކޯޑްކޮށްފައިވާ ޢައްމާ ފޮތް އާންމުކޮށްފި އެވެ.
އިލްމު.އެމްވީން މިއަދު ބުނީ ފަރީދުގެ އަޑުން ރެކޯޑްކުރި ޢައްމަ ފޮތުގެ ރެކޯޑިން ރައްކާކޮށްފައި އޮންނަތާ 10 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ ކަމަށެވެ.
އަދި ފަރީދު އަވަހާރަވުމާ ގުޅިގެން އޭނަ އަށްޓަކައި މިއީ ސަދަގާތެއްކަން ފާހަގަކޮށް، ރެކޯޑިން އަޑު އަހައިލެވޭނެ ލިންކް ހިއްސާކޮށްފައިވެ އެވެ.
https://drive.google.com/drive/folders/1H1uSKN3YGoxNICh3Pk0cVpluAh87yj3d
ދީނީ އިލްމު ފެތުރުއްވުމާއި ދީނީ ދައުވަތު ދެއްވުމުައި ހަޔާތުގެ ބޮޑު ބައި ހޭދަކުރެއްވި ފަރީދު ކުއްލި ގޮތަކަށް އަވަހަރާވީ ހޯމަ ދުވަހު މެލޭޝިއާ އަށް ވަޑައިގަތްތަނާ ހާޓްއެޓޭކެއް ޖެހިވަޑައިގެން އެއާޕޯޓްގަ އެވެ. އޭނަގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށް ފަހު އެ ގައުމުގައި ވަނީ ބާއްވައިފަ އެވެ.
އަންނަ ހުކުރު ދުވަހު ރާއްޖޭގެ ހުރިހާ ހުކުރު މިސްކިތެއްގައި ފަރީދުގެ މައްޗަށް ޢައިބަށް ކަށުނަމާދު ކުރުން އޮންނާނެ އެވެ.
ފަރީދު އަވަހާރަވުމާ ގުޅިގެން ހިދުމަތް ޖަމިއްޔާ އިން ވަނީ އޭނަގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް ބިނާކުރަން ނިންމައިފަ އެވެ. އެކަމަށް ބޭނުންވާ ފަންޑް ހޯދަން ހުޅުވައިލިތާ 24 ގަޑިއިރު ވެސް ނުވަނީސް އަންދާޒާކުރި އަދަދު ހަމަވެފައިވެ އެވެ.