Last Updated: June 13, 18:07
Friday, June 13, 2025
ޚަބަރު

18 ކިލޯގެ ޑްރަގްސް: މީހަކު ހައްޔަރުކޮށްފި

ވައިގެ މަގުން ރާއްޖެ އެތެރެކުރި 18 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި، އެތަކެތި ބަލައި ދިޔަ ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފި އެވެ.

އެ ތަކެތި އަތުލައިގަތީ މޯލްޑިވްސް ކަސްޓަމްސް އިން ރޭ ހިންގި އޮޕަރޭޝަނެއްގަ އެވެ. އަތުލައިގަތް މަސްތުވާތަކެތީގެ އަފު 26 މިލިއަން ރުފިޔާ އަށް އަރަ އެވެ. އިންޑިއާގެ ބެންގަލޫރުން ރާއްޖެ އައި ފްލައިޓަ،ކުން ކަމަށާއި އެތަކެތި އެތެރެކުރީ ޕްލާސްޓިކް ގަސް ޕޮޓްތަކެއްގަ ފޮރުވައިގެންނެވެ. އެގޮތުން 33 ޕެކެޓެއް ޕޮޓްތަކުގައި ފޮރުވާފައިވެ އެވެ.

އެ ތަކެތި ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިނޮއިޑް އޮއިލް އަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ކާގޯ ކްލިއާ ކުރަން ދިޔަ ބަންގްލަދޭޝަށް ނިސްބަތްވާ 35 އަހަރުގެ މީހެއް ކަމަށެވެ.