Last Updated: June 15, 05:54
Sunday, June 15, 2025
ޚަބަރު

އިންޓަޕޯލްގެ އޮޕަރޭޝަނެއްގައި ފުލުހުން ބައިވެރިވެއްޖެ

އިންޓަޕޯލުން އިސް ނަގައިގެން ހިންގި "އޮޕަރޭޝަން ސެކްއާ" ގައި ދވެހި ފުލުހުންގެ ޚިދުމަތުގެ ސައިބަ ކްރައިމް ސެންޓަރުން ބައިވެރިވެއްޖެ އެވެ.

މި އޮޕަރޭޝަނަކީ އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކަށް އަރައިގަންނަ ފަރާތްތަކުގެ އިންފްރާސްޓްރަކްޗަ ނައްތާލުމަށް އަމާޒުކޮށްގެން ގިނަ ގައުމުތަކެއް ބައިވެރިވެގެން ހިންގުނު އޮޕަރޭޝަނެކެވެ. އޮޕަރޭޝަން ހިންގާފައިވަނީ އިންޓަޕޯލްގެ އޭޝިއާ އެންޑް ސައުތު ޕެސިފިކް ޖޮއިންޓް އޮޕަރޭޝަންސް އަގެއިންސްޓް ސައިބަ-ކްރައިމް (އޭއެސްޕީޖޭއޯސީ) މެދުވެރިކޮށެވެ.

މި އަހަރުގެ ޖެނުއަރީން ފެށިގެން އޭޕްރިލް މަހާ ހަމައަށް ކުރިއަށް ގެންދެވުނު މި އޮޕަރޭޝަނުގައި އިންފޮމޭޝަން ސްޓީލިން މަލްވެއާއާ ގުޅުންހުރި 20،000 އަށްވުރެ ގިނަ އައިޕީ އެޑްރެސްތަކާއި ޑޮމެއިންތައް ނައްތާލެވިފައިވެ އެވެ.

"އިންފޮމޭޝަން ސްޓީލާސް" އަކީ ބްރައުޒަ ކްރެޑެންޝަލްތަކާއި، ޕާސްވޯޑުތަކާއި، ކްރެޑިޓް ކާޑު މައުލޫމާތާއި، ކްރިޕްޓޯކަރަންސީ ވޮލެޓްގެ މައުލޫމާތު ފަދަ މުހިންމު މައުލޫމާތު ވަގަށް ނެގުމަށް ފަރުމާކޮށްފައިހުންނަ ނުރައްކާތެރި މަލްވެއާއެކެވެ. މިފަދަ ގޮތަކަށް ހޯދާ މައުލޫމާތު ބޭނުންކޮށްގެން އިތުރު ސައިބާ ހަމަލާތައް ދިނުމަށް ވެސް ބޭނުންކުރެ އެވެ.

"އޮޕަރޭޝަން ސެކްއާ" ގެ ތެރެއިން، ރާއްޖެއާ ގުޅުންހުރި މައުލޫމާތުތައް ދިވެހި ފުލުހުންގެ ޚިދުމަތުގެ ސައިބަ ކްރައިމް ސެންޓަރުން ތަހުގީގުކޮށްފައިވެ އެވެ. މި މަސައްކަތުގައި އިންޓަޕޯލްގެ އިތުރުން، ގުޅުންހުރި އެހެނިހެން އިދާރާތަކާއެކު މަސައްކަތްކޮށް، އިންޓެލިޖެންސް މައުލޫމާތު އެއްކޮށް، އަދި އެ މައުލޫމާތުތައް ދިރާސާކުރެވިފައިވެ އެވެ.

މި އޮޕަރޭޝަނުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި، ރިޕޯޓުތައް އެކުލަވާލައި، ކަމާގުޅޭ ހޯދުންތައް އޮޕަރޭޝަންގެ އެހެނިހެން ބައިވެރިންނާ ހިއްސާކުރުން ހިމެނެއެވެ. މީގެ އިތުރުން، ދިވެހިރާއްޖެއާ ގުޅު ންހުރި ނުރައްކާތެރި ހަރަކާތްތައް ދެނެގަތުމަށްޓަކައި ބޭނުންވާ މައުލޫމާތު ހޯދާފައި ވެއެވެ.

އެގޮތުން އޮޕަރޭޝަނުގައި ޖުމްލަ 41 ސާވަރއާއި 100 ގިގަބައިޓަ ށްވުރެ ގިނަ ޑޭޓާ އަތުލައިގަނެވުނެވެ. އަދި ގާނޫނާ ހިލާފު ސައިބަ ހަރަކާތްތަކާ ގުޅުންހުރި 32 މީހަކު ހައްޔަރުކުރި އެވެ. މީގެ އިތުރުން، މި އޮޕަރޭޝަނުގައި 216،000 އަށްވު ރެ ގިނަ ވިކްޓިމްސް އާއި ވިކްޓިމަކަށް ވެދާނެ ފަރާތްތަކަށް އެކަމުގެ މައުލޫމާތު ދެވި، ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް އަންގާފައިވެ އެވެ.