މާލޭގެ ގެއަކުން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
ފުލުހުން ބުނީ ގެއެއް ތެރޭގައި މަރުވެފައި އޮއްވައި މީހަކު ފެނިގެން އެކަން ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެން ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ. މައްޗަންގޯޅީގައި ހުރި ގެއަކުން މަރުވެގައި އޮއްވައި ފެނުނީ ދިވެހި ފިރިހެނެކެވެ.
ނަމަވެސް މިކަމާ ބެހޭ އިތުރު ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
އެނގިފައިވާ ގޮތުގައި މަރުވެފައި އޮއްވައި ފެނުނީ ހއ. ހޯރަފުށީ، ކުދިލުނބޯގޭ، މުހައްމަދު ރާޒީ، 41، އެވެ.