Last Updated: June 8, 07:06
Monday, June 8, 2026
ޚަބަރު

ފޭކް ޓްރާންސްފާ ސްލިޕް ފޮނުވި އަންހެނަކު ހޯދަނީ

ސައްހަ ނޫން ޓްރާންސްފާ ސްލިޕް ފޮނުވާފައިވާ މައްސަލައެއްގައި އަންހެންކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

ހޯދަނީ ހދ. މަކުނުދޫ، ލުނބޯގަސްދޮށުގޭ، އައިޝަތު މަލީހާ، 22، އެވެ.

ފުލުހުން ބުނީ އޭނަ ހޯދަން އިއުލާންކުރީ ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަނުން ތަހުގީގު އަންނަ މައްސަލައާ ގުޅިގެން ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށެވެ.

އެހެންވެ މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް މަލީހާ، ފުލުހުންގެ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން އަށް ހާޒިރުވާން އަންގާފައިވެ އެވެ.