Last Updated: June 8, 07:06
Monday, June 8, 2026
ޚަބަރު

ކޮޅުފުށީ ހައުސިން ޕްރޮޖެކްޓް ނިންމާލައިފި

މ. ކޮޅުފުށީގައި ކުރިއަށް ގެންދިޔަ 100 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫޢު ނިންމާލައިފި އެވެ.

މި މަޝްރޫއަކީ 121.6 ރުފިޔާގެ ބަޖެޓެއްގައި ކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ. ހައުސިން މިނިސްޓްރީން ބުނީ އެ މަޝްރޫޢުގެ އަމަލީ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއަކީ ކޮޅުފުއްޓަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ މައްސަލަ އަށް ލިބޭނެ ބޮޑު ހައްލަކަށް ވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ކޮޅުފުއްޓަކީ 2004 ގެ ސުނާމީގައި އެންމެ ބޮޑަށް ގެއްލުންވި އެއް ރަށެވެ.