Last Updated: June 4, 17:38
Thursday, June 4, 2026
ޚަބަރު

242 މީހުންނާ އެކު އެއާ އިންޑިއާގެ ބޯޓެއް ވެއްޓިއްޖެ

އިންޑިއާގެ އަހުމަދުއާބާދޫން އިނގިރޭވިސިލާޔުގެ ލަންޑަށް 242 މީހުންނާ އެކު ދަތުރުކުރި އެއާ އިންޑިއާގެ މަތިންދާ ބޯޓެއް ދަތުރުފެށިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވެއްޓިއްޖެ އެވެ.

އިންޑިއާގެ ނޫސް ތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައ ބޯޓު ވެއްޓުނީ ބޯޓު ޓޭކް އޮފް ކުރިތާ ގާތްގަނޑަކަށް ފަސް ވަރަކަށް މިނިޓް ފަހުންނެވެ. ވެއްޓުނު ބޯޓުގައި 230 ޕަސިންޖަރުންނާއި 12 ފަޅުވެރިން ތިއްބެވެ. ވެއްޓުނު ބޯޓަކީ ބޯއިން 787-8 ޑްރީމްލައިނާ ބޯޓެކެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ބޯޓު ވެއްޓިފަ އިވަނީ އެއާޕޯޓާއި ކައިރިއަށް އާއްމުން ދިރިއުޅޭ ސަރަހައްދެއްގެ އިމާރާތެއްގެ މައްޗަށެވެ. ބޯޓު ވެއްޓުމާ އެކު ކަޅު ދުން އަރާ މަންޒަރު ފެނެ އެވެ.