Last Updated: June 14, 18:14
Saturday, June 14, 2025
ޚަބަރު

ހައްޖު ކޯޕަރޭޝަންގެ ނަމުގައި ސްކޭމް މެސެޖްތަކެއް

ހައްޖު ކޯޕަރޭޝަންގެ ނަމުގައި ފޭކް މެސެޖްތަކެއް ދައުރުވާތީ ސާމާލުވާން އެދިއްްޖެ އެވެ.

އެ ކުންފުނީގެ ނަމުގައި އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދަން މަސައްކަތް ކުރަމުންދާތީ އެކަމާ ގުޅިގެން ހައްޖު ކޯޕަރޭޝަނުން މިއަދު ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި ބުނީ އެ ކުންފުނިން އެެއްވެސް މީހެއްފެ ފޯނަށް ލިންކް ފޮނުވައިގެން ފައިސާ ދައްކަން މެސެޖް ނުކުރާނެ ކަމަށެވެ. އަދި އެއްވެސް ފަރާތަކަށް ގުޅައި ނުވަތަ މެސެޖްގެން ވެސް އެއްވެސް ފަރާތެއްގެ އެކައުންޓަކަށް ފައިސާ ފޮނުވަން ނާންގާނެ ކަމަށް ވެސް ބުންޏެވެ.

އެހެންވެ ހައްޖު ކޯޕަރޭޝަންގެ ނަމުގައި ދައުރުކުރާ ސްކޭމް މެސެޖްތަކަށް ސަމާލުލުވާން އެ ކުންފުނިން އިލްތިމާސްކޮށްފައިވެ އެެވެ.

މިފަހަކަށް އައިސް އެކިއެކި ތަންތަނުގެ ނަމުގައި ސްކޭމް ހިންގައި މީސްމީހުންގެ އަތުން ބޮޑެތި އަދަދުތަކުން ވެސް ފައިސާ ފޭރޭ މައްސަލަތައް ވަރަށް ގިނަ އެވެ.

އެހެންވެ ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން ވެސް އަންނަނީ ތަކުރާރުކޮށް މިފަދަ ސްކޭމްތަކަށް ސަމާލުވުމަށް އަންގައި އިރުޝާދުތައް ވެސް ދެމުންނެވެ.