Last Updated: June 14, 18:14
Saturday, June 14, 2025
ޚަބަރު

މަޖީދީ މަގުން ވެހިކަލްތައް ޓޯކުރަން ފަށައިފި

އާންމު ދަތުރުފަތުރުތަކަށް ބުރޫއަރާ ގޮތަށް މާލޭގެ މައި މަގު ކަމަށްވާ މަޖީދީމަގުގައި ގަވާއިދާ ހިލާފަށް ޕާކުކުރާ ވެހިކަލްތައް ޓޯކުރަން ފަށައިފި އެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ މަޖީދީ މަގުގައި އާންމު ދަތުރުފަތުރާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާ ގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ ވެހިކަލްތައް ޓޯ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ފުލުހުން ބުނީ އެފަދަ ވެހިކަލެއް ދުއްވި މީހަކާ މެދު ވެސް ފިޔަވަޅު އަޅާނެ ކަމަށާއި ޓޯކުރާ ވެހިކަލްތައް ދޫކުރާނީ 48 ގަޑިއިރު ފަހުން ކަމަށެވެ.

ފުލުހުން ބުނީ ގަވާއިދާ ހިލާފަށް މަޖިދީ މަގުގައި ޕާކްކުރާ ވެހިކަލްތައް ޓޯކުރަން ފެށި މަސައްކަތުގެ ދަށުން އިއްޔެ ވެސް 42 ވެހިކަލެއް ޓޯކޮށްފައިވާ ކަމަށެވެ. އެއީ 37 ސައިކަލާއި ހަތަރު ފުރޮޅުލީ ފަސް ވެހިކަލެކެވެ. ކަމަށް ބުންޏެވެ.

މާލޭގެ މެދަށްވާ ގޮތަށް އޮންނަ މަޖީޖީ މަގަކީ އެ މަގުގެ ދެ ފަރާތުގައި ވެސް ޕާކު ކުރުން މަނާ މަގެކެވެ. އަދި މި މަގަކީ އަބަދު ވެސް އެންމެ ކާރޫބާރޫ ބޮޑު އެއް މަގެވެ.

މާލެ އަށް ޕާކްކުރުމުގެ މައްސަލަ ވަރަށް ބޮޑުވެފައިވާ އިރު، ދާދި ފަހުން ވެސް މާލޭގެ އެކި ސަރަހައްދުތަކުން ޓޯކުރި ގިނަ އަދަދެއްގެ ވެހިކަލްތަކެއް ފުލުހުން ނައްތާލާފައިވެ އެވެ.