ރާއްޖެ އިން މި އަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިިން ފުރަތަމަ ގްރޫޕް މިއަދު އެނބުރި އަތުވެއްޖެ އެވެ.
ޙައްޖާޖީންގެ ދެވަނަ ގްރޫޕު މާދަމާ އަންނަން ހަމަޖެހިފައިވާ އިރު، ތިން ވަނަ ގްރޫޕް މި މަހުގެ 16 ގައި އަދި ފަހު ގްރޫޕް އަންނާނީ މި މަހުގެ 17 ގަ އެވެ.
ކޯޓާގެ ދަށުން ރާއްޖެ އިން މި އަހަރު ހައްޖަށް ދިޔައީ 1،000 މީހުންނެވެ. އެންމެން ވެސް ހައްޖަށް ދިޔައީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގަ އެވެ.
މި އަހަރަކީ ދިވެހި ޙައްޖުވެރިންގެ ތާރީޚުގައި ބޮޑެތި ފަސޭހަތަކެއް ލިބުނު އަހަރެކެވެ. އެގޮތުން ޙައްޖުވެރިން މިފަހަރު ސަޢުދީ އަރަބިއްޔާ އަށް ދަތުރުކޮށްފައިވަނީ 'މައްކާ ރޫޓު އިނިޝިއޭޓިވް" ގެ ދަށުން ވަރަށް ލުއިފަސޭ އިންތިޒާމުތަކާ އެކީގަ އެވެ.
މީގެ އިތުރުން މިނާ ފޭލިގެތަކުގެ ކެޓެގަރީ ބީ އަށް ބަދަލުކޮށް ފޭލިގެތަކުގެ ފެންވަރު މަތިކުރެވުނު އިރު ޢަރަފާތުގެ އިންތިޒާމްތައްވެސް ފާއިތުވެ ދިޔަ އަހަރުތަކަށްވުރެ ބޮޑުތަނުން ރަނގަޅު ކުރެވިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.