ޑައިވިން އަށް ފޭބި ޖަޕާނު ޓޫރިސްޓަކުން ގެއްލިގެން ހޯދަން ފަށައިފި އެވެ.
އެ މީހާ ގެއްލިފައި ވަނީ، މިއަދު ހެނދުނު މާފުށި ގެސްޓުހައުސްއަކުން ޓޫރިސްޓުން ގޮވައިގެން އެ ރަށް ކައިރީ އޮންނަ ކަނޑޫމާތިލަ ކައިރިއަށް ދިޔަ އުޅަނދަކުން ޑައިވިނަށް ފޭބި ފަހުންނެވެ. ގެއްލިފައި ވަނީ 26 އަހަރުގެ ޖަޕާނު ފިރިހެނެކެވެ.
އޭނަ އަޅައިގެން އޮތީ ކަޅު ކުލައިގެ ޑައިވިން ގިއަރަކާއ ހުދު ކުލައިގެ މާސްކެކެވެ.
މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް، މެރިޓައިމްޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރްސީސީ) މިއަދު 10:02 ހާއިރު ލިބުމާ އެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ދަނީ ޑައިވަރުންނާ އެކު ޙާދިސާ ހިނގައިގެން އުޅޭ ސަރަޙައްދަށް ގޮސް ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.