Last Updated: June 14, 18:14
Saturday, June 14, 2025
ޚަބަރު

ރައުދު ބޭރަށް ފުރި ވާހަކަ ފުލުހުން ދޮގުކޮށްފި

ހައްވާ ޔުމްނު، މާލޭގެ އުސް އިމާރާތެއްގެ މަތިން ފުރާޅެއްގެ މައްޗަށް ވެއްޓުނު މައްސަލައިވައި ދައުވާކޮށްފައިވާ ރައުދު އަޙްމަދު ޛިލާލް ރާއްޖެއިން ބޭރަށް ފުރާފައިވާ ކަމަށް ކަމަށް ބުނެ ފަތުރާ ވާހަކަތައް ފުލުހުން ދޮގުކޮށްފި އެވެ.

އޭނަ މަންމަ އާއ އާއި އާއިލާގެ އެހެން ތިން މެންބަރަކު މިއަދު ބޭރަށް ފުރާފައިވާ ކަމަށް ވާހަކަ ދެކެވެމުންދާ އިރު، އެ މީހުން އެއާޕޯޓްގައި ތިބި މަންޒަރު ކަމަށް ބުނާ ފޮޓޯއެއް ވެސް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ރައުދު ރާއްޖެއިން ބޭރަށް ފުރި ކަމަށް ބުނާ ވާހަކައަކީ ދޮގެއް ކަމަށާއި އޭނަ ފުރުން މަނާކުރުމުގެ އަމުރު އަދިވެސް ދެމިއޮތް ކަމަށެވެ.

ދައުރަށް ދައުވާކޮށްފައި ވަނީ އެޕްރީލް މަހުގެ 18 ގައި ޔުމް ވެއްޓުނު ހާދިސާއާ ގުޅިގެން އެހީ ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި، އެހީތެރިކަން ފޯރުކޮށް ދީފައި ނުވާތީ އެވެ.

އެ ދައުވާގެ އަސާސީ އަދަބަކީ 1 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ.