Last Updated: June 8, 07:06
Monday, June 8, 2026
ޚަބަރު

ސިމް ކާޑަށް ސަމާލުވޭ، ސްކޭމެއްގައި ބެދިދާނެ!

ސިމް ކާޑަށް ސަމާލުވުމަށާއި އެ މެދުވެރިކޮށް ސްކޭމްތަކެއް ހިންގަމުންދާތީ އެކަމުގެ ޒިންމާ ނަގަން ޖެހިދާނެ ކަމަށް ބުނެ ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން މިކަން އާންމުންގެ ސަމާލުކަމަށް ގެނެސްދި އެވެ.

އެ ސެންޓަރުން މިއަދު ބުނީ ސިމް ކާޑާ މެދު ވަރަށް ބޮޑަށް ފަރުވާތެރިވާން ޖެހޭ ކަމަށެވެ. އެގޮތުން ބޭނުން ކުރާ ސިމް ކާޑަކީ އަމިއްލަ ނަން މަތީގައި ސިމް ކާޑެއްތޯ ޔަގީން ކުރުމަށާއި އަމިއްލަ ނަމުގައި ނަގާފައި އޮތަސް އެ މީހަކު މިހާރު ބޭނުން ނުކުރާ ސިމެއް ނަމަ އޭގެ ހިދުމަތް ކަނޑާލާފައި ބޭއްވުމަށް އެންޓި-ސްކޭމް ސެންޓަރުން އިރުޝާދު ދީފައިވެ އެވެ.

ރާއްޖޭގައި މިފަހަކަށް އައިސް ހިންގާ ސްކޭމްގެ މައްސަލަތައް އިތުރުވަމުންދާ އިރު، މީސްމީހުންގެ އަތުން ބޮޑެތި އަދަދުތަކުން ވެސް ފައިސާ ފޭރޭ މައްސަލަތައް ވަރަށް ގިނަ އެވެ. އެހެންވެ އެންޓި-ސްކޭމް ސެންޓަރުން އަންނަނީ ތަކުރާރުކޮށް މިފަދަ ސްކޭމްތަކަށް ސަމާލުވުމަށް އަންގައި އިރުޝާދުތައް ވެސް ދެމުންނެވެ.