ހައްޖުގެ އަޅުކަމަށް ފަހު ދިވެހި ހާޖީން މިއަދު އެނބުރި އަންނަން ފެށުމާ އެކީ އެ މީހުންނާް ޚާއްސަކޮށް ފުލޫ ކްލިނިކްތަކެއް ޤާއިމްކޮށްފި އެވެ. މި
ކްލިނިކްތައް ގާއިމުކުރީ އައިޖިއެމްޗާއި ހުޅުމާލޭ ހޮސްޕިޓަލްގަ އެެވެ.
ޙައްޖުގެ އަޅުކަމުން އެނބުރި އައުމަށް ފަހު، ބައްޔެއްގެ އެއްވެސް އަލާމާތެއް ފާހަގަކުރެވިއް ޖެނަމަ، އަދި ސިއްޙީ ގޮތުން އެއްވެސް އެހީތެރިކަމެއް ބޭނުންވާ ނަމަ، ކްލިނިކަކަށް ދިއުމަށް އައިޖީއެމްއެޗުން އެދިފައިވެ އެވެ.
ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު އެނބުރި ވަޑައިގަންނަވާ ފަރާތްތަކަށް ޚާއްސަކޮށް ފުލޫ ކްލިނިކެއް ހުޅުވުމާ ގުޅޭ
______________________________________ފުލޫ ކްލިނިކަށް ވަޑައިގަންނަވާ ހުރިހާ ބޭފުޅުންވެސް ފުރަތަމަ ވަޑައިގަންނަވާނީ އީ.އާރް ޓްރިއޭޖް ކައުންޓަރަށް.
ކިއުބީ ޓޯކެން… pic.twitter.com/l1uQun1MPY
— IGMH (@igmhmv) June 13, 2025
ފުލޫ ކްލިނިކަށް ދާ ހުރިހާ މީހުން ވެސް ފުރަތަމަ އީއާރް ޓްރިއޭޖް ކައުންޓަރަށް ދިއުމަށް އައިޖީއެމްއެޗުން އެދެ ފައެވެ. އަދި ކިއުބީން ފުލޫ ކުލިނިކުގެ ނަމްބަރެއް ނެގުމަށް ފުލޫ ކްލިނިކަށް ނުވަތަ އިމަޖެންސީ ރޫމަށް ދިއުމަށް ޓްރައޭޖުން އިރުޝާދު ދޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
އައިޖީއެމްއެޗްގައި ޤާއިމްކޮށްފައިވާ ފުލޫ ކްލިނިކުން ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 10:00 އިން ރޭގަނޑު 10:00 އަށް ޑޮކްޓަރަށް ދެއްކުމާއި ލޭގެ ސާމްޕަލް ނެގުން ކުރިއަށްދާ ނެއެވެ. އަދި މިކްލިނިކްގެ ޚިދުމަތް ދެނީ ބަލިމީހުން ބަލާ ކޮޓަރި ނަންބަރު 10 އިންނެވެ.
ހުޅުމާލޭ ހޮސްޕިޓަލުގައި ޤާއިމްކޮށްފައިވާ ކްލިނިކްގެ ހިދުމަތް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެވެ ސް މެންދުރު ފަހު 2:00 އިން ރޭގަނޑު 8:00 އަށް ލިބޭނެ އެވެ.
ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު އެނބުރި ވަޑައިގަންނަވާ ފަރާތްތަކަށް ޚާއްސަ ފުލޫ ކްލިނިކް.
ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ މެންދުރު ފަހު 14:00 އިން ރޭގަނޑު 20:0އަށް .
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 1417އަށް ގުޅުއްވާ… pic.twitter.com/3DmNFZZr7z— Hulhumalé Hospital (@HMH_mv) June 13, 2025
ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދެއްކުމަށް ދާ އިރު މާސްކު އަޅަން ޖެހެ ވެ.
މިއަދު ރާއްޖެ އައި ހައްޖާޖީންގެ ފުރަތަމަ ގްރޫޕްގައި 230 އަށް ވުރެ ގިނަ ޙައްޖާޖީން އައިސްފައިވެ އެވެ.