Last Updated: June 14, 18:14
Saturday, June 14, 2025
ޚަބަރު

މައި ކޮލެޖުން ޑިގްރީގެ އާ 15 ޕްރޮގްރާމަކަށް ހުޅުވާލައިފި

މިއާންޒު އިންޓަނޭޝަނަލް ކޮލެޖް (މައި ކޮލެޖް) އިން ރާއްޖޭގެ ވަޒީފާގެ ބާޒާރަށް އަމާޒުކޮށް މުޅިން އަލަށް 15 ޕްރޮގްރާމެއް ފެށުމަށް ހުޅުވާލައިފި އެވެ.

ދެހާސް ފަސްސަތޭކަ ދަރިވަރުންނާއެކު 19 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ކައިރިވެފައިވާ މައި ކޮލެޖުން ހުޅުވާލާފައި ވަނީ ބެޗްލާސް ޑިގްރީގެ 15 އާ ޕްރޮގްރާމަކަށެވެ.

އެ ކޮލެޖުން ބުނީ އަލަށް ހުޅުވާލާފައިވާ ޕްރޮގްރާމްގެ ސަބަބުން ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރުތަށް ވަޒީފާގެ ބާޒާރުގެ ބޭނުންތަކާ އެއްހަމައެއްގައި ހިފެހެއްޓިގެން ދާނެ އެވެ. މި ޕްރޮގްރާމްގައު ހިމެނޭ ހުރިހާ ކޯހެއްގައި ވެސް ވަޒީފާގެ ތަޖުރިބާ ލިބޭ އިންޓާންޝިޕެއްގެ ޖާގަ ކަށަވަރުވުމާއެކު ކެޕްސްޓޯން ޕްރޮޖެކްޓެއް ހިމެނިފައިވާނެ އެވެ.

ނަތީޖާއެއްގެ ގޮތުން ދަރިވަރުން ދަސްވެނިވާނީ ބޭނުންވާ އިލްމުގެ އިތުރުން ހުނަރާއެކު އަމަލީ ތަޖްރިބާވެސް ލިބިގެންނެވެ.

މީގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ޕްރޮގްރާމަކީ އަލަށް ތާޢާރަފްކުރެވިގެންދާ ބެޗްލަރ އޮފް ސައިންސް އިން ޑިޖިޓަލް މާކެޓިންގ އެވެ. މިއީ ދިވެހި ރާއްޖޭގައި މާރކެޓިންގެ ޑިގްރީ ހިންގި ނަމަވެސް ޑިޖިޓަލް ޗެނަލްތަކާއި، އެނަލިޓިކްސް އަދި ކެމްޕޭން މެނޭޖްމަންޓަށް ޚާއްޞަކޮށްގެން ހިންގާ ހަމައެކަނި އަންޑަގްރެޖުއޭޓް ޑިގްރީއެވެ.

ބިޒްނަސް ދަރިވަރުންނަށް ބެޗްލަރ އޮފް ބިޒްނަސް މެނޭޖްމަންޓްގެ އޮނިގަނޑުގެ ތެރެއިން މާކެޓިންގ، ފައިނޭންސް، އެޗްއާރު ޑިވެލޮޕްމަންޓް ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓްގެ ރޮންގުން ޚާއްސަވެވުމުގެ ފުރުޞަތު ލިބޭއިރު، ޓެކްނޮލޮޖީއަށް ޝައުޤުވެރިވާ ފަރާތްތަކަށް ބެޗްލަރ އޮފް ކޮމްޕިއުޓަރ ސައިންސްގެ ޕްރޮގްރާމްތަކުގެ ތެރެއިން ވެބް، މޮބައިލް ނުވަތަ ވިންޑޯސް-އެޕް ޑިވެލޮޕްމަންޓްގެ ރޮންގުން ޚާއްސަ ވުމުގެ ފުރުސަތު ލިނިގެންދާނެއެވެ. އަދި ޑިޖިޓަލް ޑިޒައިން ޑިގްރީގެ ޕާތުވޭތަކުގެ ތެރޭގައި – 3-ޑީ މޯޝަން، ގްރެފިކްސް އެންޑް އިންޓަރެކްޓިވް މީޑިއާ، އަދި ވީއެފްއެކްސް އިން ޚާއްސަވުމުގެ ފުރުސަތު ދަރިވަރުންނަށް ލިބިގެންދާނެއެވެ. މި ދާއިރާ ތަކުން ޚާއްސަ ވާ ދަރިވަރުން ދަސްވެނިވެގެން ނުކުންނާނީ އަމަލީ ތަޖްރިބާ ހިމެނޭ އންޓަރންޝިޕްގެ އެހީގައި މީޑިއާ ޕޯޓްފޯލިއޯއަކާއި އެކުގައެވެ.

މަސައްކަތުގައި ދެމިތިބި ޕްރޮފެޝަނަލުންނަށް ޚާއްސަކުރެވިގެން، ކޮލެޖުން ވަނީ ޕްރޮޖެކްޓް މެނޭޖްމަންޓް އަދި ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް އިން މާސްޓަރސް އޮފް ސައިންސް ޚާސިލްކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ. އަދި މީގެ އިތުރުން ސްކޫލް ލީޑަރުންނާއި ޕޮލިސީ ޚާއްސަވުމަށް އެދޭ ފަރާތްތަކަށް އިތުރު ދެ މާސްޓަރ އެއ އެޑިޔުކޭޝަން ގެ ދާއިރާއިން ހުޅުވާލެވިފައެވެ.

އައްޑޫ ސިޓީގައި ހުންނަ ސްކޫލް އޮފް އެގްރިކަލްޗަރ އިން ކުރު މުއްދަތުގެ، ސަނަދުތަކެއް ކަމުގައިވާ ސެޓްފިކެޓް 3 އިން ކޮމްޕޯސްޓިންގ އެންޑް ވޭސްޓް މެނޭޖްމަންޓް އަދި އެޑްވާންސްޑް ސެޓްފިކެޓް އިން ސަސްޓެއިނަބަލް އެގްރޯ އެންޓަރޕްރިނިއަރޝިޕް ކިޔެވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

ކޮންމެ ބެޗްލަރސް ޕާތްވޭއެއްގައިވެސް އިންޓަރންޝިޕް ހިމެނިފައިވެއެވެ. ދަރިވަރުން މަދުވެގެން 10 ހަފްތާ ވަންދެން އެދަރިވަރެއް ޚާއްސާ ވާ ދާއިރާއިން އިންޓަރންޝިޕްގެ ތެރެއިން މަސައްކަތުގެ އަމަލީތަޖްރިބާ ހޯދާގޮތަށް ފަރުމާކުރެވިފައިވާއިރު، ވަޒީފާ އަދާކުރަމުންދަނީ ޚާއްސަވާ ދައިރާ އާގުޅޭ އޯގަނައިސޭޝަން އެއްގައިނަމަ އެތަނަކުން ފުރުސަތު ހޯދައިދިނުމަށް ކޮލެޖުން މަސައްކަތްކުރާނެއެވެ. އަދި މި ނޫންދަރިވަރުނަށް ބޭނުންވާ އެކަށީގެންވާ އަމަލީ ތަޖްރިބާ ލިބޭނެ އޮގަނައިޒޭޝަން އެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ހޯދައިދެވޭނެއެވެ. އެމް.އައި ކޮލެޖުން ވަނީ ފަތުރުވެރިކަމާއި، ބޭންކިންގ، އަދި މީޑިއާގެ ފުންނާބުއިސް ކުންފުނިތަކާއެކު ހޯސްޓް އެއްބަސްވުންތައް ހޯދުމުގެ މަސައްކަތްފަށާފައެވެ. މިގޮތުން ޝަރުޠު ހަމަވާ ކޮންމެ ދަރިވަރަކަށް ފުދޭވަރަކަށް ޖާގަ ރިޒާވް ކުރެވިގެންދާނެއެވެ.

"ކޮންމެ ދަރިވަރަކަށްވެސް ގްރެޖުއޭޓްވުމުގެ ކުރިން އަސްލު މަސައްކަތުގެ މާޙައުލުގެ ތަޖުރިބާ ލިބެންޖެހެއެވެ،" ވައިސް ރެކްޓަރ ޑރ. ފާޠިމަތު ޝަހީމާ ވިދާޅުވިއެވެ. "އިންޓަރންޝިޕްގެ ސަބަބުން ކްލާސްރޫމްގެ ނަޒަރިއްޔާ ޢަމަލީ ގޮތުން ފެނި، އަދި ވަޒީފާދޭ ފަރާތްތަކަށް ގްރެޖުއޭޓުން މަސައްކަތުގައި ވަޒަންކުރެވެއެވެ – މިކަމުގެ ސަބަބުން ގިނަފަހަރު ފުލްޓައިމް ވަޒީފާގެ ފުރުޞަތުތައް ލިބެއެވެ."

ޑިގްރީ ކޯސްތަކުގައި ހިމިނިފައިވާ ކެޕްސްޓޯން ޕްރޮޖެކްޓުގެ މުހިއްމުކަން: މިއީ އަމަލީ ތަޖްރިބާ ސުޕަވައިޒްކުރެވޭ މައްސަލަ ޙައްލުކުރުމުގެބައެކެވެ. މިސާލެއްގެ ގޮތުން ދަންނަވާނަމަ ވިޔަފާރިގެ ދާއިރާއިން ޚާއްސަވާ ދަރިވަރު ޑިގްރީގެ ފަހު އަހަރުގައި ވިޔަފާރީގެދާއިރާއިން ދިމާވާ ގޮންޖެހުމެއް ދިރާސާކޮށް، އޭގެ ޙައްލެއް ހޯދުމަށްފަހު، މިންކުރެވޭ ނަތީޖާތަކެއް ހުށަހަޅައެވެ. ހަމައެފަދައިން ގުޅޭދައިރާތަކުން ދަރިވަރުން ޑިގްރީ ޚާސިލް ކުރަމުންދާއިރު އިޝްތިހާރު ކެމްޕޭނެއް ފެށުން ކަމުގައިވިޔަސް، މޯބައިލް އެޕެއްގެ ޕްރޮޓޯޓައިޕެއް ހެދުން ކަމުގައިވިޔަސް ނުވަތަ އެޗް.އާރު އެނަލިޓިކްސް ދިރާސާކުރުން ކަމުގައިވިޔަސް، ކެޕްސްޓޯން ޕްރޮޖެކްޓަކީ ޕޯޓްފޯލިއޯގެ ސެންޓަރޕީސް ކަމަށްވެ، ދަރިވަރަކީ މިނިވަންކަމާއެކު އަމިއްލަޔަށް މަސައްކަތްކުރުމަށް ތައްޔާރުވެފައިވާކަމުގެ ހެއްކަކަށް ވެގެންދާނެއެވެ.

ރެކްޓަރ މިސް ލަމްޔާ ޢަބްދުލް ހާދީ ވިދާޅުވި ގޮތުގައި، "މި ޕްރޮގްރާމްތައް ފަރުމާކުރެވިފައިވަނީ ޤައުމަށް ބޭނުންވާ ޙަޤީޤީ އިންސާނީ ރައުސުލްމާލު ބިނާކުރުމަށެވެ. ދިރާސާގެ އެހީގައި އަޅުގަނޑުމެން ދެނެގަތީ ވަޒީފާ ދޭފަރާތްތަކުން ބޭނުންވާ ހުނަރުތަކަކީ ކޮބައިކަން އަދި އަޅުގަނޑުމެންގެ ޕްރޮގްރާމްތައް އެކުލަވާލީ އެ ބޭނުންތަކަށް ފެތޭގޮތަށެވެ."

ޖޫން އިންޓޭކްއަށް އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު މިހާރު 30 ޖޫން އާ ހަމައަށް އިތުރުކޮށްފައިވަނީ ލޭޓް އެންޓްރީގެ ފުރުސަތަށް އެދޭ ފަރާތްތައް ތިބުމާއެކު އިތުރު ފުރުސަތު ދިނުމަށްޓަކައެވެ. ނަމަވެސް، ގޮނޑިތައް އަދިވެސް ހުންނާނީ ކަށަވަރުކުރެވިފައިވާ އިންޓަރންޝިޕް ގޮނޑިތަކުގެ އަދަދަށް ހަނިކުރެވިފައެވެ. ކިޔެވުމަށް ޝައުޤުވެރިވާ ދަރިވަރުންނަށް އިތުރު މަޢުލޫމާތު ހޯދުމަށް ނުވަތަ އޮންލައިންކޮށް އެޕްލައިކުރުމަށް .c..v އަށް ވަޑައިގަތުމަށް ނުވަތަ އިރުޝާދު ހޯދުމަށް 3341545 އަށް ގުޅުއްވުމަށް ދެންނެވީމެވެ.