Last Updated: August 21, 22:37
Thursday, August 21, 2025
ޚަބަރު

ފިހާރައެއްގެ ޓިނު ނައްޓައިގެން ވަދެ ވައްކަންކޮށްފި

އިއްޔެގެ ހުކުރު ވަގުތު މާލޭގެ ފިހާރައެއްގެ ފުރާޅުން ޓިނު ނައްޓައިގެން ވަދެ ވައްކަންކޮށްފި އެވެ.

ފުލުހުން ބުނީ ވައްކަންކޮށްފައި ބަނީ މާލޭގައި ހުންނަ، އެމްޓީސީސީގެ ވިލިމާލެ ފެރީ ޓާމިނަލްގައި ހިންގާ ފިހާރަ އިން ކަމަށެވެ. އެތަމުން ވައްކަން ކޮށްފައި ވަނީ ހުކުރު ވަގުތަށް ފިހާރަ ބަންދުކޮށްފައި ހުއްޓައި ޓިނު ނައްޓައިގެން ވަދެ ކަމަށް ފުލުހުން ބުންޏެވެ.

ފިހާރައިން ވަގަށް ނެގީ ފޯނަކާއި ފައިސާ ކަމަށް ފުލުހުން ބުނި ނަމަވެސް ވަގަށް ނެގީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ހާމައެއް ނުކުރެ އެވެ. އަދި މި ވައްކަމާ ގުޅިގެން އެއްވެސް މީހަކު ހައްޔަކުރި ކަމެއް ވެސް ފުލުހުން ކަށަވަރެއް ނުކޮށްދެ އެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން އަންނަ އިރު، މި އަހަރުގެ މިހާތަނަށް ފުލުހުންނަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ވައްކަމުގެ މައްސަލަތައްކަން ފާހަގަކުރެވެ އެވެ.