Last Updated: June 14, 18:14
Saturday, June 14, 2025
ޚަބަރު

އުރީދޫ 'ފަން ރަން' އަށް ސުންގަޑި ހަމަވަނީ

އައްޑޫގައި މި މަހު ބާއްވަން ހަމަޖެހިފައިވާ އުރީދޫގެ މި އަހަރުގެ 'ފަން ރަން" ގައި ބައިވެރިވުމުގެ ފުރުސަތު މާދަމާ ހަމަވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މި ހަރަކާތުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވައިލީ މި މަހުގެ 2 ގަ އެވެ. އެގޮތުން "ފަން ރަން" ގައި ބައިވެރިވާން ދިން ސުންގަޑި މާދަމާ ރޭ 11:59 އަށް ހަމަވާނެ އެވެ. އެހެންވެ ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކުން ވީހާ ވެސް އަވަހަކަށް ރަޖިސްޓްރީވާން އުރީދޫން އެދެ އެވެ.

"ފަން ރަން" ގެ އައްޑޫ ކިޓްތައް ދެ ކެޓަގަރީއަކުން ލިބޭނެ އެވެ. އެއީސްޓޭންޑަޑް ކިޓްސް އާއި ފަން ކިޓްސް ކެޓަގަރީ އެވެ. ސްޓޭންޑަޑް ކިޓްގައި ފަން ރަން ޓީޝާޓް އަދި ރިސްޓްބޭންޑް ހިމެނޭ އިރު އަގަކީ 100ރ. އެވެ. ފަން ކިޓްސް ކެޓަގަރީގެ ކިޓްގެ އަގަކީ 210ރ. އެވެ. އެ ކިޓްގައި ޓީޝާޓްގެ އިތުރުން ރިސްޓްބޭންޑަކާއި، ފޮތި ދަބަހަކާއި އައިނެއް އަދި ބަންޑާނާއެއް ހިމެނެ އެވެ.

އައްޑޫގައި "ފަން ރަން" އޮންނާނީ މި މަހުގެ 27 ގަ އެވެ.

އުރީދޫ "ފަން ރަން" އަކީ މިއީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނެސްދޭ ކަސްރަތެއްކަން އަންގައިދިނުމުގެ މަގުސަދުގައި އުރީދޫން ބާއްވަމުން އަންނަ ވަރަށް މަގުބޫލު ހަރަކާތެކެވެ.

މިދިޔަ އަހަރުގެ "ފަން ރަން" ބޭއްވީ ފުވައްމުލަކުގަ އެވެ.