Last Updated: July 25, 09:39
Saturday, July 25, 2026
ޚަބަރު

'ރަމަޒާން ބާޒާރު" ގެ ނަސީބުވެރިޔާ ހޮވައިފި

މިދިޔަ ރޯދަ މަހާ ގުޅުވައިގެން އެސްޓީއޯ އިން ކުރިއަށް ގެންދިޔަ "ރަމަޒާން ބާޒާރު" ޕްރޮމޯޝަންގެ 100،000ރ. ރުފިޔާގެ އިނާމުގެ ނަސީބުވެރިޔާ ހޮވައިފި އެވެ.

ނަސީބުވެރިޔާ ހޮވީ ފައިވަނީ ބުރާސްފަތި ދުވަހު އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަ މާޓްގައި ބޭއްވި ހަފުލާއެއްގަ އެވެ.

މި އިނާމަކީ ރަމަޟާން ބާޒާރު ޕްރޮމޯޝަން މުއްދަތުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި އަތޮޅުތެރޭގެ އެސްޓީއޯ ފިހާރަތަކުން 500ރ. ރުފިޔާއިން މަތިން ވިޔަފާރި ކުރި ކަސްޓަމަރުންގެ މެދުގައި ގުރުއަތު ނަގައިގެން ނަސީބުވެރިޔާ ހޮވި ޕްރޮމޯޝަނެކެވެ.

"ރަމަޒާން ބާޒާރު" ކުރިއަށް ގެންދިޔައީ ޖެނުއަރީ 9 އިން މާޗް 30 އަށެވެ.

މި ޕްރޮމޯޝަންގެ ތެރެއިން ކޮންމެ ހަފުތާއަކު ވިޔަފާރި ކުރި ފަރާތްތަކުގެ މެދުގައި ހޮވުނު ނަސީބުވެރި ފަރާތަކަށް ހަދިޔާއެއްގެ ގޮތުން ގިޕްޓް ހެމްޕާ ވެސް ދީފައިވެ އެވެ.