މިއަދު ފާހަގަކުރާ ލޭ ހަދިޔާ ކުރުމުގެ ދުވަހާ ގުޅުވައިގެން ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީން ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ފަށައިފި އެވެ.
ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލާ ގުޅިގެން ފެށި މި ކޭމްޕް މިއަދ ހެނދުނު އިފުތިތާހުކޮށް ދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒީމެވެ. އެ ރަސްމިއްޔާތުގައި ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ވެސް ބައިވެރިވެވަޑައިގަތެވެ.
އެމްބަސީން ބުނި ގޮތުގައި އިންޑިއަން ލޭ ހަދިޔާ ކުރުމުގެ ކޭމްޕްހައި އެމްބަސީގެ މުވައްޒަފުންނާއި މާލެ ސަރަަހައްދުގައި އުޅޭ އިންޑިއާ ކޮމިއުނިޓީން ލޭ ހަދިޔާ ކުރާނެ އެވެ.
މިއީ ލޭ ހަދިޔާ ކުރުމުގެ ދުވަހާ ގުޅުވައިގެން އިންޑިއާ އެމްބަސީން ލޭ ހަދިޔާ ކުރާ ކޭމްޕް ކުރިއަށް ގެންދާ ދެވަނަ އަހަރެވެ.