Last Updated: June 15, 05:54
Sunday, June 15, 2025
މުނިފޫހިފިލުވުން

އިމްތިއާޒްގެ އާ ފިލްމު 2026 ގެ އެޕްރީލްގައި

ބޮލީވުޑްގެ ކާމިޔާބު ޑައިރެކްޓަރު އިމްތިއާޒް އަލީގެ އާ ފިލްމު އަންނަ އަހަރުގެ އެޕްރީލްގައި ގެނެސްދޭން ނިންމައިފި އެވެ.

ދާދި ފަހުން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތަށް އަދި ނަން ހާމަނުކުރާ މި ފިލްމުގެ މައިގަނޑު ކާސްޓުންނަކީ އަރަމުން އަންނަ ޒުވާން ދެ ތަރިން ކަމަށްވާ ޝަރްވާރީ ވާގް އާއި ވެދާންގް ރައިނާގެ އިތުރުން ދިލްޖީތު ދޮސަންޖާއި ތަޖުރިބާކާރު އެކްޓަރު ނަސީރުއްދީން ޝާހެވެ.

އިމްތިއާޒް ބުނީ އާ ފިލްމަކީ އަނެއްކާ ވެސް ވަރަށް ތަފާތު ވާހަކައެެއް ކިޔައިދޭނެ ފިލްމެއް ކަމަށާއި ފިލްމުގެ ޕްލޮޓް ގައުމަކާ ވެސް ވަރަށް ބޮޑަށް ގުޅޭނެ ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލަކަށް ނުގޮސް އޭނަ ބުނީ އަންނަ އަހަރުގެ އެޕްރީލްގެ މެދުތެރޭގައި ބެލުންތެރިންނަށް ފިލްމު ގެނެސްދޭނެ ކަމަށެވެ.

އިމްތިއާޒް ބުނި ގޮތުގައި އަންނަ އޮގަސްޓް މަހުގެ ތެރޭގައި ފިލްމުގެ ޝޫޓިން ފަށާނެ އެވެ.

އޭނަގެ އެންމެ ފަހުގެ ފިލްމަކީ ދިލްޖީތާއި ޕަރިނީތީ ޗޯޕްޅާއާ އެކު މިދިޔަ އަހަރު ނެޓްފްލިކްސް އަށް ގެނެސްދިން ބައޮގްރަފިކަލް ޑްރާމާ "އަމަރު ސިންގް ޗަމްކީލާ" އެވެ. އިމްތިއާޒަކީ "ޖަބް ވީ މެޓް" އާއި "ލަވް އާޖް ކަލް" އަދި "ރޮކްސްޓާ" ފަދަ މަގުބޫލު ފިލްމުތައް ގެެނެސްދިން ޑައިރެކްޓަރެވެ.