ޒުވާނުންނަށް ހާއްސަ ކެރިއާ އެކްސްޕްލޮރޭޝަން ޕްރޮގްރާމަކަށް ހުޅުވާލައިފި އެވެ.
މި މަހުގެ 24 ގައި ބާއްވަން ހަމަޖެހިފައިވާ މި ޕްރޮގްރާމަކީ ޔޫތު މިނިސްޓްރީ އާއި އުރީދޫ މޯލްޑިވްސް ގުޅިގެން ހިންގަން ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. އެހެންވެ ބައިވެރިވާން ޝައުގުވެރިވާ ޒުވާނުންނަށް ރަޖިސްޓްރީވުމުގެ ފުރުސަތު މި މަހުގެ 21 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
އުރީދޫގެ ކެރިއާ އެކްސްޕްލޮރޭޝަން ޕްރޮގްރާމްގައި އެ ކުންފުނީގެ އެޕްރެންޓިސް ޕްރޮގްރާމާއި ކުރިއަށް ދެވެން ހުރި ދާއިރާތަކާ ގުޅޭ މައުލޫމާތު ވެސް ފޯރުކޮށް ދޭނެ އެވެ.
ރާއްޖެ އަށް މިހާރު އާ ޓެކްނޮލޮޖީ ވެސް ތައާރަފު ކުރަމުން އަންނަ އުރީދު އަކީ މުވާސަލާތީ ހިދުމަތްދޭ ދެވަނަ ކުންފުންޏެވެ. އަދި މިއީ ކެރިއަރު ބިނާކުރަން ބޭނުންވާ ޒުވާނުންނަށް ފަހި ފުރުސަތުތަތެއް ވެސް ފަހިކޮށް ދެމުން އަންނަ ބާރަށް ކުރިއަރަމުން އަންނަ ކުންފުންޏެކެވެ.