Last Updated: June 15, 05:54
Sunday, June 15, 2025
މުނިފޫހިފިލުވުން

އަރްބާޒްގެ ދެވަނަ ކައިވެންޏަށް ދަރިއަކު ލިބެނީ

އަރްބާޒް، އަންހެނުން ޝޫރާ އާއި ދަރިފުޅު އަރްހާނާ އެކު.

ބޮލީވުޑްގެ އެކްޓަރު އަރްބާޒް ޚާންގެ ދެވަނަ ކައިވެންޏަށް ދަރިއަކު ލިބެން އުޅޭކަން ކަށަވަރުކޮށްފި އެވެ.

އޭނަ އާއި މޭކަޕް އާޓިސްޓެއް ކަމަށްވާ ޝޫރާ ޚާން، 35، ކައިވެނިކުރީ ޑިސެމްބަރު 24، 2023 ގަ އެވެ. ޝޫރާ ބަލިއިން ވާހަކަ މީޑިއާތަކުގައި ދެކެވެމުން އަންނަތާ ދުވަސްކޮޅެއްވެފައިވާ އިރު އެ ވާހަކަ ގެނެސްދިން މީޑިއާގެ އާޓިކަލެއްގެ ސްކްރީން ޝޮޓަކާ އެކު އިންސްޓަގްރާމްގައި 57 އަހަރުގެ އަރްބާޒް ބުނީ އަނެއްކާ ވެސް ބައްޕައަކަށް ވާން ތައްޔާރަށް ހުރި ކަމަށެވެ.

އަރްބާޒަކީ މަޝްހޫރު އެކްޓަރު ސަލްމާން ޚާންގެ ކޮއްކޮއެކެވެ.

އަރްބާޒްގެ ފުރަތަމަ ކައިވެންޏަަށް ލިބުނު ދަރިފުޅު އަރްހާން ޚާނަށް މި އަހަރު 23 އަހަރު ފުރޭނެ އެވެ. އޭނަގެ މަންމަ އަކީ ބޮލީވުޑްގެ "އައިޓަމް ގާލްއެއް" ކަމަށްވާ މަލައިކާ އަރޯރާ އެވެ. އަރްބާޒާއި މަލައިކާގެ 1998 ގެ ކައިވެނި ރޫޅައިލީ 2017 ގަ އެވެ.

އޭގެ ފަހުން 2018 ގައި މަލައިކާ 51، އެކްޓަރު އަރުޖުން ކަޕޫރް، 39، އާ ރައްޓެހިވި އެވެ. ނަމަވެސް އެ ގުޅުން މިދިޔަ އަހަރު ވަނީ ނިމުމަކަށް އައިސްފަ އެވެ.