Last Updated: June 17, 10:09
Tuesday, June 17, 2025
ދުނިޔެ

ހެލިކޮޕްޓަރެއް ވެެއްޓި 7 މީހަކު މަރުވެއްޖެ

އިންޑިއާގައި މިއަދު ހެލިކޮޕްޓަރެއް ވެއްޓި 7 މީހަކު މަރުވެއްޖެ އެވެ.

މީޑިއާތަކުން ބުނީ ހެލިކޮޕްޓަރު ވަރަށް ހެނދުނުގެ ވަގުތެއްގައި ވެއްޓުނީ އުތުރާކަންދުގެ ސަރަހައްދަކަށް ކަމަށެވެ. ވެއްޓުނު ހެޕިކޮޕްޓަރަކީ އަރިއަން އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏެެއްގެ އެެއްޗެކެވެ.

އުތުރާކަންދުގެ ސިވިލް އޭވިއޭޝަން ޑިވެލޮޕްމަންޓް ކޮމިޓީ (ޔޫސީއޭޑީއޭ) އިން ބުނީ ހެލިކޮޕްޓަރު ވެއްޓުނީ ކޭދަރުނާތު އިން ފުރައިގެން ގުޕްތުކަޝީ އަށް ދަތުރު ކުރަނިކޮށް ފަތިހު 5:30 އެހާކަށްހާ އިރު އެވެ. އަދި އެ ވެއްޓުނީ ނައްޓާލިތާ އިރުކޮޅެއް ފަހުން، ގުޅުން ކެނޑިފައި ވަނިކޮށް ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.

މި ހާދިސާ މިހާރު އިތުރަށް ތަހުގީގު ކުރަމުން އަންނަ އިރު، ހެލިކޮޕްޓަރު ވެއްޓެން ދިމާވި ސީދާ ސަބަބެއް އަދި ސާފެއް ނުވެ އެވެ. ނަމަވެސް އެ ހާދިސާ ހިނގަން މެދުވެރިވި ކަމަށް ބެލެވެނީ މޫސުން ގޯސްކޮށް އޮތުމުން ޖައްވުތެރެ ވަރަށް ނުސާފުވުމުން އޮތުމުން ދުރު ފެންނަން ކުރިމަތިވެފައި އޮތް ދަތިތަކާ ހެދި އެވެ.

އިންޑިއާގެ ހެލިކޮޕްޓަރެއް ވެއްޓި 7 މީހަކު މިއަދު މަރުވި އިރު، މީގެ ދެ ވެސް ކުރިން އެއާ އިންޑިއާގެ މަތިންދާބޯޓެއް 242 މީހުންނާ އެކު ވެއްޓި، އެންމެ މީހަކު ފިޔަވައި އެންމެން މަރުވެފައިވެ އެވެ.

މި މަހުގެ 8 ގައި ވެސް އިންޑިއާގައި ހެލިކޮޕްޓަރެއް ވެއްޓި ހަ މީހަކު މަރުވެފައިވާ އިރު، މި މަހުގެ 7 ވަނަ ދުވަހު ހެލިކޮޕްޓަރަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އިމަޖެންސީގައި ލޭންޑްކުރަން ޖެހުނެވެ.