Last Updated: June 17, 08:20
Tuesday, June 17, 2025
ޚަބަރު

ކަސްޓަމްސްގެ ނަމުގައި ސްކޭމެއް، ސަމާލުވާތި!

ކަސްޓަމްސްގެ ނަމުގައި ސްކޭމް މެސެޖްތަކެއް ދައުރު ކުރަމުންދާތީ އެކަމަށް ސަމާލުވާން އެ އިދާރާ އިން އިލްތިމާސްކޮށްފި އެވެ.

\ކަސްޓަމްސް އިން ބުނީ އެތަނަށް ޕޭމަންޓެއް ދައްކަން ކަމަށް ބުނެ، އެސްއެސްއެސް މެދުވެރިކޮށް ލިންކެއް ފޮނުވައިގެން ސްކޭމެއް ހިންގަމުންދާ އިރު އެކަން ކުރަނީ އެމްއެޗްސީއެލް ކިޔާ ގޮތް ނޭނގޭ ފަރާތަކުން ޕޯސްޓުގެ ނަމުގައި މެސެޖުތަކެއް ފޮނުވައިގެން ކަމަށެވެ.

އެހެންވެ މިކަމަށް އާންމުން ސަމާލުވާން ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން ވެސް ވަނީ އެދިފަ އެވެ.

ކަސްޓަމްސް އިން ބުނީ އެ އިދާރާގެ އެއްވެސް ޕޭމަންޓެއް ދެއްކުމަށް އެދި ލިންކަކާ އެކު އެސްއެމްއެސްއެއް ނުފޮނުވާނެ ކަމަށެވެ. އެހެންވެ އެފަދަ ލިންކުތަކަށް ސަމާލުވާން އެދޭ ކަމަށެވެ.

ކަސްޓަމްސްއިން ހިއްސާކުރި ޕޯސްޓުގައިވާ ގޮތުން ސްކޭމް މެސެޖް ދައުރު ކުރަނީ ކަސްޓަމްސް އަށް ފީ ދައްކާފައިނުވާތީ، ޕޯސްޓު މެދުވެރިކޮށް ޖަހާފައިވާ އޯޑަރު ޑެލިވާ ނުކުރެވޭނެ ކަމަށް ބުނެ އެވެ.

ރާއްޖޭގައި މިހާރު ސްކޭމްގެ މައްސަލަތައް ވަރަށް ގިނަ އެވެ.