Last Updated: June 17, 08:20
Tuesday, June 17, 2025
ޚަބަރު

ސްޓެލްކޯ އިން ހިދުމަތްދޭ ރަށްރަށުގައި ގަސް އިންދަނީ

ސްޓެލްކޯ އިން ކަރަންޓްގެ ހދުމަތް ދެމުން އަންނަ ރަށްރަށުގައި އެ ކުންފުނިން ގަސް އިންދަން ނިންމައިފި އެވެ.

މިއީ ސަރުކާރުން ފަށާފައި އޮތް ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ތެރެއިން ސްޓެލްކޯ އިން ގަސް އިންދަން ކުރިއަށް ގެންދާ ހަރަކާތުގެ ތެރެއިން ކުރަން ނިންމި ކަމެކެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅީ މި ޕްރޮގްރާމްގެ ދަށުން ސްޓެލްކޯއިން 500،000 ގަސް އިންދުމަށް އަމާޒު ހިފާފައިވާ އިރު،އެ އަމާޒަށް ވާސިލްވުމަށްޓަކައި މި އަހަރުގެ ބާކީ މިއޮތް މުއްދަތުހެ ހަފުތާ ބަންދުތަކުގައި ގަސް އިންދުމުގެ ހަރަކާތްތައް ކުންފުނިން ކުރިއަށް ގެންދާނެ ކަމަށެވެ.

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމާ ގުޅޭ ގޮތުން އެންވަޔަރަމެންޓް މިނިސްޓްރީން އެންމެ ފަހުން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަހުގެ 29 ގެ ނިޔަލަށް 565،890 ގަސް އިންދާފައި އެވެ. މި މަޝްރޫއުގެ ދަށުން އެކި ފަރާތްތަކާއެކު ޖުމުލަ 6،331،100 ގަސް އިންދުމަށް އެއްބަސްވުން ހަދާފައިވެ އެވެ.

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރާއްޖެއިން ނެތެމުންދާ ގަސްގަހާގެހި އަލުން އާލާކުރުމާއި ފެހިކަން އިތުރުކޮށް މާހައުލީ ނިޒާމު ދެމެހެއްޓުމަށްޓަކައިސަރުކާރުން މިދިޔަ އަހަރުގެ ތިމާވެށީގެ ދުވަހު ފެށި ޕްރޮގްރާމެކެވެ.